ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމު ޗައިނާގެ ނިއުސް އެޖެންސީ އަކުން ޚަބަރު ހުށައަޅައި ދިނުމަށް ފުރަތަމަ ފަހަރަށް އަންހެން ރޮބޮޓް ފްރެޒެންޓަރެއް ބޭނުން ކޮށްފިއެވެ.

ޗައިނާގެ މަޝްހޫރު ދައުލަތުގެ ޒިންހުއާ ނިސްއުސް އެޖެންސީގައި ފުރަތަމަ ފަހަރަށް ޚަބަރު ހުށައަޅައި ދިނުމަށް އަންހެން އާޓިފިޝިއަލް އިންޓަލިޖެންސް ރޮބޮޓެއް ބޭނުން ކުރަން ނިންމާފައިވާއިރު މިއީ އެ ނިއުސް އެޖެންސީގައި މިހާރު ވެސް މަސައްކަތް ކުރާ ނޫސްވެރިޔާ ޒުމެންގެ ނަކަލަކަށް ބަލައިގެން ހަދާފައިވާ ރޮބޮޓެކެވެ.

މި ރޮބޮޓް އުފައްދާފައިވަނީ ޒިންހުއާ ނޫސް ހިންގަމުން އަންނަ ސޮއުގޯ ކުންފުނިން އެވެ. މި ރޮބޮޓް އަކީ 24 ގަޑި އިރު ވަޒީފާގެ މަސައްކަތުގައި އުޅެވޭނެ ގާބިލު ވަރަށް މަސްނޫއީ ގާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ.

ޚަބަރު ކިޔަން އިންނަ ރޮބަޓް އިންސާނަކާ އެއްވެސް ތަފާތެއް ނެތް މި ރޮބޮޓް ޗައިނާގައި ބޭއްވި ވޯލްޑް އިންޓަނެޓް ކޮންފަރެންސްގައި ވަނީ ދައްކާލައިފަ އެވެ.

ކޮންޕިއުޓަރުތަކާއި ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރާއިރު ސައިންސްވެރިން ބުނާގޮތުގައި މީގެ 1000 އަހަރު ފަހުން ކޮންޕިއުޓަރ ސްޕީޑް ހަމަޖައްސާނީ އިންސާނުންގެ ސިކުޑިންނެވެ. އޭރުން އާޓިފިޝިއަލް ވިސްނުންތަކާއި ހަނދާންތަކާއި އަޑުއެހުންތައް އުފެދޭނެއެވެ. އެ ހުރިހާ މައުލޫމާތު އަމިއްލަ ނަފްސާއި ދެކޮޅަށް ބޭނުންނުކުރުމަށް އިންސާނުން ހައްލުތަކެއް ހޯދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އަދި އިންސާނުންނާއި ރޮބޮޓުންގެ ގުޅުން އާދަޔާއި ހިލާފަށް ގާތްވެ އިންސާނުން ރޮބޮޓުންނަށް ބަރޯސާ ވުން އިންތިހާއަށް އިތުރުވެފައި އޮންނާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޮށުފިލާ

    ތިޔަ އިލްމު އެންމެ މޮޅަށް ލިޔެފައިވަނީ އަހަރެމެންގެ ފޮތްތަކުގައި

    2
    1