އަންހެނަކަށް އެންމެ ގިނައިރުވެސް ކަމެއް ސިއްރުކޮށްގެން އުޅެވޭނީ 47 ގަޑިއިރާއި 15 މިނެޓްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އަދި ގިނަ ފަހަރަށް އެ ސިއްރެއް ފަޅާއެރުވުނީތީވެ އެކަމާއި ގިނަ އަންހެނުން ވަރަށް ހިތާމަވެސް ކުރާކަމަށް އެ ދިރާސާއިން ވަނީ ހޯދިފައެވެ.

18-65 އަހަރުގެ 3000 އަންހެނުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ވަނީ ކޮންމެ 10 އަންހެނެއްގެ ތެރެއިން 4 އަންހެނަކަށް ކަމެއް ސިއްރުކުރުމުގައި ދަތިތަކާއި ކުރިމަތިވާކަމަށާއި އަދި އެންމެ ގިނައިރުވެސް ކަމެއް ސިއްރުކޮށްގެން ހުރެވެނީ 47 ގަޑިއިރާއި 15 މިނެޓްކަމަށް ދައްކާފައެވެ.

ކިތަންމެ ބޮޑު އަދި ކިތަންމެ މުހިންމު ސިއްރެއްކަމުގައި ވީނަމަވެސް އެ ދިރާސާގައި ބައިވެރިވި ގިނަ އަންހެނުންނަށް އެކަން ސިއްރުކުރެވެނީ މިހާ މަދު ވަގުތުކޮޅަކަށް ކަމަށްވުމާއިއެކު އެ ދިރާސާ ހެދުމަށް ކޮމިޝަން ކުރި ކުންފުނީގެ ޑިރެކްޓަރެއްކަމުގައިވާ މައިކަލް ކޮކްސް ވަނީ އަންހެނުންނަށް ކަންކަން ސިއްރުކުރުމުގައި އިތުބާރު ނުކުރެވޭނޭކަން އެ ދިރާސާއިން ހާމަވެފައިވާކަމަށް ބުނެފައެވެ.

އެ ދިރާސާގެ ގިނަ ބައިވެރިން ވަނީ އެ އެކުވެރިޔަކު ނުދަންނަ އެހެން އެކުވެރިޔެއްގެ ގާތުގައި ފުރަތަމަ އެކުވެރިޔާގެ ސިއްރު ވާހަކަދެއްކުމަކީ އެއްވެސް މައްސަލައެއް ނެތްކަމެއްކަމަށް ދެކޭކަމަށް ބުނެފައެވެ. އަދި ދިރާސާގެ %40 އަންހެނުން ވަނީ އެމީހުންގެ ފިރިންނަކީ އެމީހުންގެ ހުރިހާ ސިރެއްވެސް އެންމެ ގިނަ ފަހަރަށް ކިޔައިދީހަދާ މީހާކަމަށްވެސް ކިޔައިދީފައެވެ.

އެ ދިރާސާގެ ނަތީޖާއަކީ އެއްވެސް ހާލެއްގައި ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކަށް ވިސްނޭނޭއިރު ގިނަ ފަހަރަށް މުޖުތަމައުއެއްގެ ތެރޭގައިވެސް އަންހެނުންނަކީ ސިއްރުކުރަން ބޭނުންވާ ކަންކަން ހިއްސާކުރުން އެހާ ރަނގަޅު ނޫން ބަޔެއް ކަމަށް ދެކޭ މީހުންވެސް ވަރަށް ގިނައިން އުޅެއެވެ.