ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ރާޖްކުމާރު ބަރްޖަތިއާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވާނީ މިއަދު ހެނދުނުގެ ވަގުތެއްގައި މުންބާއީގެ ސާ އެޗް.އެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިހަބަރާއެކު ފިލްމު އިންޑަސްޓްރީއަށް ވަނީ ބޮޑު ސިހުމައް ލިބިގެންގޮސްފައެވެ. ގިނަ ބަޔަކު އަންނަނީ މީސް މީޑިއާ ޕްލެޓްްފޯމް ތަކުގައި ރާޖްކުމާރަށް ތައުޒިޔާގެ ކިޔަމުންނެވެ.

ރާޖްކުމާރު ވަނީ ބޮލީވުޑުގެ ކާމިޔާބު އެތައް ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައެވެ.އޭނާ ޕްރޮޑިއުސްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "މޭނޭ ޕިޔާރް ކިއު ކިޔާ" އާއި ހަމް ސާތު ސާތު ހޭ" އާއި ވިވާހް" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެވެ. ރާޖްކުމާރުގެ އެންމެ ފަހު މަސައްކަތަކީ މިމަހު 15 ގައި ނެރުނު ފިލްމު "ހަމް ޗާރް" އެވެ.

ރާޖްކުމާރު މަރުވިއިރު އޭނާގެ އަންހެނުން އާއި ފިރިހެން ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު