100 އަހަރު ކުރިން ދުނިޔެއިން ނެތި ދިޔަ ކަމަށް ބުނާ ކަހަބުގެ ވައްތަރެއް އަލުން ފެނިއްޖެއެވެ.

ނެތި ގޮސްފައިވާ ކަމަށް ބުނާ "ފްރެނާޑިނާ ޖަޔަންޓް ޓޯޓޮއިސް " ގެ ނަމުން ނަންދީފައިވާ މި އަންހެން ކަހަބު ފެނިފައި ވަނީ ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ގަލަޕޮސް އައިލެންޑުންނެވެ.

ސައިސްވެރިން ވަނީ މީގެ 100 އަހަރު ކުރިން މި ބާވަތުގެ ކަހަބު އިންސާނުންގެ އަމަލުތައް ހުރި ގޮތުން ނެތި ގޮސްފައިވާ ކަން އިއުލާން ކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް އިންސާނުން ދިރާސާ ނުކުރާ ސަރަހައްދުތައް ގިނައެވެ. ކޮންމެ އަހަރެއްގައިވެސް އަލަށް ހޯދާ ދޫދި ސޫފާސޫފިތަކާއި ޖަނަވާރުތައް ފެންނަ ހަބަރުތައް ނޫސްތަކުން އަޅުގަނޑުމެންނަށް އިވެއެވެ. މީގެ އިތުރުން ދުނިޔެއިން ނެތިގޮސްފައިވާ ކަމަށް ސައިސްވެރިން ނިންމާފައިވާ ޖަނަވާރުތަށް ވެސް އަލުން ބައެއް ފަހަރު ދުނިޔޭގެ ކޮންމެވެސް ތަނަކުން ފެނެެވެ.

ސައިންވެރިން ދަނީ މި ކަހަބުގެ އިތުރު އާއިލާއެއް މި ރަށުގައި ދިރިއުޅެމުން ދޭތޯ އިތުރަށް ދިރާސާ ކުރަމުންނެވެ. ފެނިފައިވަނީ އަންހެން ކަހަބެއް ކަމުން ސައިންސްވެރިން ވަނީ މި ކަހަބުގެ އާބާދީ އަނެއްކާވެސް އިތުރު ވެދާނެ ކަމުގެ އުންމީދު އާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު