އަރަމުން އަންނަ ބޮލީވުޑްގެ އެކްޓަރ ވަރުން ޓެޖްއަކީ އާއްމުންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމް "ތޯލި ޕްރެމާ" ވެގެން ގޮސްފައި ވަނީވެސް ކާމިޔާބު ފިލްމަކަށެވެ. ގިނަ ބަޔަކަށް އެ ފިލްމް ކަމުދިޔައެވެ.

އެ ފިލްމުން އޭނާއަށް ލިބުނު ކާމިޔާބަށްފަހު އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ވަނީ ވާހަކަދައްކާފައެވެ. ލޯބީގެ ފިލްމްތައް ކުޅުމަށްފަހު މިފަހަރު އޭނާ "ދާނީ ޖައްވަ"ށެވެ. އެއީ އެސްޓްރޮނޮއިޓެއްގެ ގޮތުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ދެން މަސައްކަތް ކުރާނީ ޑައިރެކްޓަރު ސަންކަލް އާއިއެކީގައެވެ. އޭގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިގެން ދާނީ ރަޖީވް ރެޑީއެވެ.

ރަޖީވް ބުނީ، އެ ފިލްމަށް ވަރުން ދޭން އުޅުމުން އޭނާ އެ ފިލްމް ކުޅޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެއިރު ނެތް ކަމަށެވެ. ނަމަވެސް އޭނާެގެ ފަރާތުންވެސް ލިބިގެން ދިޔައީ ވަރަށް ޕޮޒިޓިވް ޖަވާބެއްކަމަށް ރާޖީވް ބުންޏެވެ. އަދި އެ ފިލްމާއި ގުޅޭގޮތުން ވަރުންއާއި މައުލޫމާތުތައް ހިއްސާ ކުރުމުން އޭނާ އެ ފިލްމް ކުޅެން ބޭނުންވާ ވަރު ފެނިފައި އެ ސަންކަލްވެސް ހުރީ ވަރަށް އުފާވެފައިކަމަށް ރަޖީވް ބުންޏެވެ.

އެ ފިލްމް އާއްމުންނާއި ހަމައަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު