މީގެ 18 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިޔަ ކްރޯޝިއާއަށް ނިސްބަތްވާ އަންހެނަކު މަރާލުމަށްފަހު ފުރިޖެއްގެ ތެރެއަށްލާފައި އޮއްވާ ފެނިއްޖެއެވެ.

އެ އަންހެން މީހާގެ ހަށިގަނޑު ފެނިފައި ވަނީ ފުރުޖެއްގެ ތެރޭގައި ފޮރުވާފައި އޮއްވާއެވެ. އާއިލާގެ ގޭގައި އޮއްވާ އެ އަންހެން މީހާގެ ހަށިގަނޑު ފެނުނުއިރު، ފުލުހުން ބުނީ، އެ މީހާ ގެއްލިގެން ހޯދަމުން އަންނަތާ 18 އަހަރުވެއްޖެ ކަމަށެވެ.

ޖޭޒްމީން ޑޮމިނިކް ނަމަކަށް ކިޔާ އެ އަންހެން މީހާ ގެއްލިފައި ވަނީ 2000 ވަނަ އަހަރުއެވެ. އޭނާ ކުއްލިއަކަށް ގެއްލުނު ނަމަވެސް، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ 2005 ވަނަ އަަހަރުއެވެ.

ފުލުހުންނަށް ޑޮމިނިކްގެ ހަށިގަނޑު ފެނިފައި ވަނީ މިިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އެ މައްސަލާގައި ޑޮމިނިކްގެ ދައްތަ ވަނީ ހައްޔަރުކޮށްފައެވެ.

އަދި ޑޮމިނިކްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި، އޭނާ ގެއްލުމުން ކުރިން އެގޭގެ އެތެރެވެސް ބެލިއެވެ. ނަމަވެސް އެއިރު އެކަހަލަ މައުލޫމާތެއް ލިބިފައި ނެތުމުން މާބޮޑަށް ބަލާފައިނުވާނެކަމަށް ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު