އުމުރުން 10 އަހަރުގެ ކުއްޖެއްގެ ދަތް، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ އޯހައިއޯ ސްޓޭޓަށް ނިސްބަތްވާ ކާޓަސް ބަޑީގެ އިންޗިއެއްހާ ވަރު ދަތް، ވެފައި ވަނީ ދުނިޔޭގެ އެންމެ ދިގު ދަތަށެވެ. މީގެ ކުރިން އެންމެ ދިގު ދަތުގެ ރެކޯޑު އޮތީ 0.78 އިންޗީގައެވެ. އިއްޔެ ކާޓަސްގެ އަނގައިން ނެގި ދަތުގެ ދިގުމިން 0.98 އިންޗިއަށް އަރައެވެ.

ކާޓަސްގެ މަންމަ ބުނެފައި ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން އޭނާގެ ދަރިފުޅަށް ޖާގަ ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށާއި، މުޅި އާއިލާއަށްވެސް އެކަންތައް ވެގެންދިޔައީ ތަފާތު ކަމަކަށް ކަމަށެވެ.

ތަފާތު އެކިއެކި ގޮތްގޮތުން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާ ފަރާތްތައް ފެންނަމުން ދެއެވެ. ހާއްސަކޮށް ކުދިކުދި ކަންކަމުންވެސް ބައެއް މީހުން ރެކޯޑު ފޮތުން ޖާގަ ހޯދާ އިރު، ރާއްޖޭގައިވެސް ތަފާތު ކަންކަމުން ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ފަރާތްތައްް އެބަ ތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު