ހިތުގެ ބައްޔާއި ހާޓް އެޓޭކަކީ ދިވެހީންގެ ތެރޭގައި އެންމެ އާންމު އެއް ބަލިތަކެވެ. ޒުވާން އުމުރުގެ ފަރާތްތަކަށްވެސް ކުއްލިއަކަށް ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާ އިރު، އެކަމުގެ ތެރޭގައި ދުނިޔެ ދޫކޮށްދާ މީހުންވެސް މަދެއް ނޫނެވެ. އެ ކަމަކީވެސް ސިއްހަތަށް ދޭން ޖެހޭ މިންވަރަށް ސަމާލުކަން ދީގެން ރައްކާތެރިވެވޭނެ، ނޫނީ ދުރުވެވޭނެ ކަންތައްތަކެވެ.

ދިރާސާތައް ބުނާގޮތުން 53 ޕަސެންޓްގެ ހާޓް އެޓޭކް ޖެހިފައި ވަނީ މަގްނީޝިއަމް މަދުވުމުން ކަމަށެވެ. އެހެން ކަމުން މިފަދަ ކާނާތަކުން ހަށިގަނޑުގައި މެގްނީޝިއަމް އިތުރު ކުރެވިދާނެއެވެ.

އެލްމަންޑް

ދުވާލެއްގެ މައްޗަށް އެއް އައުންސް އެލްމަންޑް ކެޔުމަކީ 80 މިލިގްރާމްގެ މެގްނީޝިއަމް އޭގެން ލިއްބައިދޭނެ އެއްޗެކެވެ. ލޭގެ ހިނގުން އަވަސްކޮށްލާ ނާރުތައް ހުޅުވާލަ ދޭނެ އެއްޗެއް ގޮތުގައި އެލްމަންޑް ފާހަގަކޮށްލެވޭ އިރު، އެއީ ހާޓް އެޓޭކާ ދުރުވުމަށް މުހިއްމު ކަމެކެވެ.

އަވަކާޑޯ

އަވަކާޑޯއަކީ އެންޓިޒަޑަޑެންޓްސް ވަރަށް ގިނައިން އެކުލެވޭ މޭވައެކެވެ. އޭގެ ސަަބަބުން ސަރުބީ އަންދާ، ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލާވެސް އެއްޗަކަށެވެ. އަދި ވަކިން ހާއްސަކޮށް އޭގެ ސަބަބުން ހަށިގަނޑަށް މެގްނީޝިއަމް ލިއްބައިދެއެވެ.

ދޮންކެޔޮ

ދޮންކެޔޮ އާންމުކޮށް ޕޮޓޭޝިއަމްއިން މުއްސަނދި ކަމަށް ބެލެވުނު ނަމަވެސް، މެގްނީޝިއަމްވެސް އޭގެން އިންތިހާއަށް ލިއްބައިދެއެވެ. ލޭގެ ތެރޭގައި ހިމެނޭ ހަކުރު އަދަދު މަދުކޮށްލާ، ހިތުގެ ބައްޔާއިން ލޭ މައްޗަށް ދިޔުމުން ދޮންކެޔޮގައި ހިމެނޭ މެގްނޭޝިއަމްއިން ރައްކާތެރި ކޮށްދެއެވެ.

ބްލެކް ބީންސް

ބްލެކް ބީންސްއަކީ އެންމެ އާންމު އެއްޗަކަށް ނުވި ނަމަވެސް، ކަޅު ކުލައިގެން ބީންސްއަކީ ހަށިގަނޑަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ އެއްޗެކެވެ. ލޭ މައްޗަށް ދިޔުމަށް ގުދުރަތީ ބޭހެއްގެ ގޮތުގައިވެސް ބްލެކް ބީންސް މަޝްހޫރު ވެފައިވެއެވެ.