ބިހުން އިސްތަށިގަނޑަށް ފައިދާވެދާނެކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެއެވެ. އެހެން ނަމަވެސް އެއީ އިސްތަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެެވެ. ބިހުގެ އެތެރޭގައިވާ ބަޔަކީ އިސްތަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް އެކުލެވޭ ބާވަތެއްކަމަށް ވެއެވެ.

ބިހުގައި ޕްރޮޓީންސް އެކުލެވިގެންވޭ، އިސްތަށިގަނޑަށް ފައިދާވާނެ!

ބިހަކީ ޕްރޮޓީންސް ވަރަށް ގަދަޔަށް ހުންނަ ބާވަތެކެވެ. އަދި އިސްތަށިގަނޑަކީވެސް ޕްރެޓީންގެ ބާވަތެއް އެކުލެވިގެންވާ އެއްޗަކަށް ވާއިރު، ބިހުގެ ސަބަބުން އިސްތަށިގަނޑަށް އިތުރަށް ޕްރޮޓީން ލިބިގެންދާނެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު މަޑުވެ، ފަސޭހަވެގެން ދާނެއެވެ. ކޮންމެ ހަފްތާއެކު ދެ ފަހަރު ނޫނީ ތިން ފަހަރު ބޮލުގައި ބިހުގެ ކިންދާ ކާތާށެވެ.

އިސްތަށިގަނޑު ދިގުވުމަށްވެސް އެހީވެދޭނެ

އިސްތަށިގަނޑު ދިގުވާން އެހީއެއް ވާ އެކައްޗަކީ އިސްތަށިގަނޑުގައި އެކުލެވިގެންދާ ކެރަޓިން ނަމަކަށް ކިޔާ ޕްރޮޓީންގެ ބާވަތެވެ. އެހެންކަމުން އިސްތަށިގަނޑަށް ބިހުގެ ސަބަބުން ޕްރޮޓީން އިތުރަށް ލިބޭނަމަ އިސްތަށިގަނޑު ދިގުވާން އެހީވެދޭނެއެވެ.

އިސްތަށިގަނޑުގައި ގޮށްޖެހުން ކުޑަކޮށްދިނުން

އިސްތަށިގަނޑުގައި ގޮށް ޖެހުން ކުޑަކޮށްދިނުމަށްވެސް ބިސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ބިހުގެ ހުދު ބަޔާއި، އޮލިވް އޮއިލް ކަހަލަ ތެޔޮ ބޭނުންކޮށްގެން މިކްސް ކުރުމަށްފަހު އިސްތަށިގަނޑުގައި ހަފްތާއަކު އެއްފަހަރު 15 މިނިޓް ވަރު ހާކާލާށެވެ.

ކިޔުންތެރިންގެ ހިޔާލު