އުފަންވިރު، އަތާއި ފައިނެތް ޒުވާނާ އެންމެ ފަހުން ކައިވެންޏަކަށް ތައްޔާރުވަަމުން އަންނަކަމުގެ އުފާވެރި ހަބަރު މީޑިއާތަކަށް ތިލަކޮށްފިއެވެ.

ޖިލިސާ ނަމަަކަށް ކިޔާ އުމުރުން 34 އަހަރުގެ ޓެކްސަސްއަށް ނިސްބަތްވާ އެ ޒުވާނާއަކީ އިސްކޮޅުގައި އެންމެ ތިން ފޫޓު ހުންނަ މީހެކެވެ. އޭނާ ކުރިން ބުނީ، އޭނާގެ ހަޔާތަށް ދުވަހަކުވެސް މީހަކު ނާންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް އެންމެ ފަހުން މި ވަނީ މީހަކާއި ބައްދަލުވެފައެވެ.އެއީ ޖޮނަތަންއެވެ.

މި ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރުމަށް ވަނީ ނިންމާފައެވެ. ދެ މީހުން އުޅެމުން ދަނީ ވަރަށް އުފާވެރިކޮށެވެ. އަދި ޖެލިސާގެ ނުކުޅެދުންތެރިކަން އެމީހުންގެ ލޮތްބަަށް އަސަރު ނުކުރާކަމަށް އެ މީހުން ބުނެއެވެ.

ޖޮނަތަންގެ އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި ހުރެއެވެ. ދެމީހުން މިހާރު އުޅެމުންދަނީ އެއްކޮށެވެ. އަދި ދެމީހުންގެ ޓިއުންވެސް ދިމާވަކަމަށް ޖިލީސް ބުނާއިރު، އެކުގައި އުޅެން ވަރަށް ރަނގަޅު ކަމަކަށް ޖިލީސް ބުންޏެވެ.

ޖޮނަތަން އާއި ޖިލީސް އެކުގައި ބޭރުގައި އުޅޭއިރު، ގިނަބައެއްގެ ތައުރީފް ޖޮނަތަންއަށް ލިބެއެވެ. އަދި ޖޮނަތަންއަށް ސެލިއުޓް ކުރާ މީހުންވެސް މަދެއް ނޫނެވެ.

ދެ މީހުންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ ކައިވެންޏަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜ

    ފައި އެބަ އިނެއްނު؟!

  2. ނުބުނާނަން

    ފައި ފެނޭހެން ހީވޭ އެބަ