އެމެރިކާގެ އޮހާއޯގައި ކުރިއަށް ގެންދިޔަ ޝަރީޢަތެއްގައި ކުށްވެރިޔާގެ މައްޗަށް 47 އަހަރުގެ ޖަލު ޙުކުމެއް ފަނޑިޔާރު އިއްވުމުން ކުށްވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ޤާނޫނީ ވަކީލަށް ހަމަލާދީފިއެވެ.

ޑޭވިޑް ކްރިސްޓަން ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ މީހާ އޭނާގެ ދިފާޢީ ވަކީލަށް ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޑޭވިޑް ވަނީ އޭނާގެ މައްޗަށް ފަނޑިޔާރު ޙުކުމް އިއްވުމުން ދިފާޢީ ވަކީލުގެ ކަންކަށި މަތީގައި ޖަހާފައެވެ.

ޑޭވިޑްގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އައީ ގެށި އަނިޔާ ކުރި މައްސަލައަކާއި، ގަސްދުގައު އިމާރާތެއްގައި އަލިފާން ރޯކުރި މައްސައްލައަކާއި ޖަނަވާރުންނަށް އަނިޔާކުރި މައްސަލަތަކެއްގައެވެ.

މިހާރު ޑޭވިޑްގެ މައްޗަށް ވަނީ އޭނާގެ ވަކީލަށް ހަމަލާ ދިން މައްސަލައިގައި ވެސް ދައުވާ އުފުލަން ނިންމާފައެވެ.

ޑޭވިޑްގެ ވަކީލް އެރޮން ބްރޮކްލަރ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ފަނޑިޔާރު ޙުކުމް އިއްވުމުން ޑޭވިޑް އާއި ވާހަކަދައްކަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޑޭވިޑްގެ ހަމަލާ އޭނާ އަށް އަމާޒުވި ކަމަށެވެ.

"ޙުކުމް އިއްވުމުން އަހަރެން ޑޭވިޑް އާއި ދިމާއަށް އެނބުރިލީ އަހަރެން އޭނާ އާއި ވާހަކަދައްކަން ބައްދަލުވުމަކަށް ދާނެ ކަމަށް ބުނަން ވެގެން. އެއީ ދެން ޙުކުމަށް ބަދަލެއް ގެންނެވީ ކިހިނެއްތޯ މަޝްވަރާ ކުރަން ވެގެން. ނަމަވެސް އަހަރެން ޑޭވިޑާއި ދިމާއަށް އެނބުރިލި ވަގުތު އޭނާގެ ހަމަލާ އަހަރެންނާއި އަމާޒުވެ، މޫނުމަތިން އަނދިރިވެގެން ދިޔަ." އެރޮން ބުންޏެވެ.

ޑޭވިޑް ހައްޔަރު ކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރީ އެރޮން އެވެ.

ކިޔުންތެރިންގެ ހިޔާލު