އަންހެނުންނާއި ފިރިހެނުންގެ ޖިސްމާނީ ތަފާތުތަކެއް ހުންނަ ފަދައިން އެމީހުންގެ ޠަބީއަތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން އެކި ކަންކަމާއި ބެހޭގޮތުން އަންހެނުން ކަންތައް ކުރާ ގޮތް ވެސް ތަފާތު ވެއެވެ.

ބަރުދަން އިތުރުވުމާއި ބަރުދަން ލުއިވުމަކީ ދެމީހަކު ބައްދަލު ވެއްޖެނަމަ އެންމެ ގިނައިން ވާހަކަ ދެއްކެވޭ އެއް މައުޞޫއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް ދާދި ފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އަންހެނުން އެންމެ ވާހަކަދައްކަން ބޭނުން ނުވަނީ އެމީހުންގެ ބަރުދަނާއި ބެހޭ ގޮތުންނެވެ.

ޔުނިވަސީޓީ އޮފް މެލްބަން އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ރަހުމަތްތެރިން ނުވަތަ މާބޮޑު ރަހުމަތްތެރިކަމެއް ނެތް މީހުން ވެސް ފެންނަ ކޮންމެ ތަނަކުން އެމީހެއްގެ ބަރުދަނާއި ބެހޭ ގޮތުން ސުވާލުކޮށް ޚިޔާލު ފާޅުކުރުމަކީ 80 އިންސައްތަ އަންހެނުން އެކަމާއި މެދު ހިތްހަމަނުޖެހޭ ކަމެކެވެ.

ނަމަވެސް ފިރިހެނުންގެ ތެރެއިން އެމީހުންގެ ބަރުދަނާއި ބެހޭ ގޮތުން ސުވާލު ކުރުމުން ހިތްހަމަނުޖެހޭ މީހުންގެ ނިސްބަތް އުޅެނީ އެންމެ 16 އިންސައްތައިގައެވެ. ދިރާސާގައި ބައިވެރިވި ފިރިހެނުން ބުނާ ގޮތުގައި އެމީހުންގެ ބަރުދަނާއި ބެހޭ ގޮތުން ގިނަ މީހުން ސުވާލެއް ވެސް ނުކުރެއެވެ. ނަމަވެސް ބައެއް ފަހަރު ސަމާސާ ކުރުމުގެ ތެރޭގައި ބަރުދަނާއި ބެހޭ ގޮތުން ޖޯކް ޖެހުން ފަދަ ކަންކަމާއި ކުރިމަތިވާކަމަށް އެމީހުން ބުނެއެވެ.

އޭގެ ބަދަލުގައި އާއްމުކޮށް ހުރިހާ އަންހެނުނަށް ވެސް އެމީހުންގެ ބަރުދަނާއި ބެހޭ ސުވާލުތަކާއި ފާޑުކިޔުންތަކާއި ބެހޭ ގޮތުން ސުވާލުތައް ކުރިމަތި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. `ބަރުދަން

    1000 ގެ ވާހަކައެއް

    7
    1
  2. ލޮލް

    ކޮބާ ޖެންޑާ އީކުއަލިޓީ ވުމަން އާސްކިންގ ފޮ ޖެންޑާ އީކުއަލިޓީ އަންލެސް ޝީ އާސްކްސް ފޮ ސްޕެޝަލް ޓްރީޓްމެންޓް ފޮ ބީންގް އަ ވުމަން

    3
    1
  3. ކަމަނަ

    ވަރަށް ބޮޑު ތެދެއް...އެއީ މަވެސް ޢެންމެ ވައިވާ އެއްކަންތަށް..އެކަމް ރުޅި އަޔަސް ބޭރުފުށުން ނުދައްކަން އިންނަނީ?

    6
    1
  4. ފޯއްބެ

    އަންހެނުން މާ ގިނައިން ކާ ވާހަކަ ދެއްކީމަ ވަރަށް އުފާވޭ... އެކަމަކު ބަރު ވާހަކަ ނުދައްކާތި

    5
    1