ފޫހިވެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ފޯނާއި ކުޅެނީ ދޯއެެވެ. ނޫނީ ވާހަކަފޮތެއް ކިޔާލަނީ ދޯއެވެ. ނޫނީ ބޭރަށް ގޮސް ރަހުމަތްތެރިންނާއެކު ސަކަރާތް ޖަހަނީ ދޯއެވެ. ނަމަވެސް ފޫހިވެގެން ތަފާތު ގޮތަކަށް ކަންތައް ކުރި ކުއްޖެއްގެ ވާހަކަދައްކާލަން އެބަ ޖެހެއެވެ.

ކިއުގައި މާގިނަ ވަގުތު ހުރުމުން، ފޫހިވެގެން ކުރިކަމަކީ ތަފާތު ކަމެކެވެ. އޭނާ ކިއުގައި ހުރުމުން ފޫހިވެގެން ރޭލް ސްޓޭޝަންގައި ހުރި އެކްސްރޭ މެޝިންއަށް ވަނީއެވެ. ބެގޭޖް ފަދަ އެއްޗެހި ޗެކް ކުރުމަށް ރޭލް ސްޓޭޝަން ތަންތާގައި ހުންނަ އެ އެކްސްރޭ މެޝިންއަށް އެ ކުއްޖާ ވަދެފައި ވަނީ މައިންބަފައިންނާއި، އަދި ސެކިއުރިޓީއަށް ނޭގިއެވެ.

ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެ ހާދިސާ ހިނގިއިރު، އެ މަންޒަރު ވަނީ ވީޑިއޯވެސްކޮށްފައެވެ. އެ ވީޑިއޯ މީސް މީޑިއާގައި ދަނީ ދައުރުވުމުންނެވެ.

އެ ވީޑިއޯގައި އެ ކުއްޖާ މެޝިން ތެރެއަށް ވަދެ އެ މެޝިންފެ އަނެއް ފަޅިން ނުކުންނަ މަންޒަރު ފެނެއެވެ.

މިދިޔަ އަހަރު ތެރޭގައި މިފަދަ ހާދިސާއެއް ހިނގިއެވެ.

 

ކިޔުންތެރިންގެ ހިޔާލު