ބޮލީވުޑްގެ އަރަމުން އަންނަ ތަރި ދިޕިކާ ޕަދުކޯންއަކީ ރީތީގެ ރާނީއެކެވެ. ރަންވީރުގެ ހިތުގައި ދިޕިކާގެ ނަން ލިޔެވުނީވެސް އެހެންވެ ކަމުގައިވެދާނެއެވެ.

ދާދި ފަހުން އެވޯޑް ހަފްލާއެއްގައި ދިޕިކާ ވަނީ ވަރަށް ތަފާތު ވާހަކައެއް ދައްކާފައެވެ. އެ ހަފްލާގައި އޭނާ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެދާނެ ކަމުގެ އިޝާރާތެއްކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ، މާބޮޑަކަށް ސިޔާސީ ދާއިރާގެ ކަންކަން ނޭނގޭ ކަމަށެވެ.

ދިޕިކާ ބުނީ، ސިޔާދީ މައިދާނަށް އޭނާ ނުކުމެއްޖެނަމަ ބޭނުންވަނީ މިނިސްޓަރުކަން ކަމަށެވެ. އޭނާ ބޭނުންވަނީ ސާފްތާހިރު ކަމާއި ގުޅޭ މިނިސްޓަރަށްވުމަށް ކަމަށް ވެސް ބުންޏެވެ. ސަބަބަކީ އޭނާއަކީ ސާފްތާހިރުކަމަށް ލޯބިކުރާ މީހަކަށް ވުން ކަމަށް

މިފަދަ މޭރުމަކުން ވާހަކަދައްކަމުން ދިޕިކާ ބުނީ، އޭނާ ކުޑައިރު، ނިދަން ރައްޓެހިންގެ ގެއަށް ގެންދަން އުޅޭ ކަމަށެވެ. އަދި މިގޮތަށް ރައްޓެހިން ބުނާތީ، އޭނާ ވަރަށް ބޮޑަށް މަޝްހޫރުވެފައިވާހެން ހީވި ކަމަށާއި، ނަމަވެސް ފަހުން އެނގުނުގޮތުގައި، ރައްޓެހިން އޭނާ ގެންދަން ބޭނުންވަނީ އެ މީހުންގެ ކޮޓަރި އާއި އަލަމާރި ސާފް ކުރަން ކަމަށެވެ.

ދިޕިކާ އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް އަންނަ މަސް ތެރޭގައި ނެރޭނެއެވެ.

ހޮލީވްޑްގައި މަޝްހޫރު ފިލްމްތައް ކުޅެފައިވާ އެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުން ވެސް މީގެ ކުރިން އިންޑިއާގެ ކެބިނެޓްގައި ހިމެނިވަޑައިގެން ގައުމަށް ހިދުމަތް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދުރޭސް

    ސޭޓުއާ ކައިވެނިކޮއްލަނިކޮށް ތިކަން ހަމަޖެހޭނެ....

  2. ދަތްދޫނި

    ވަޒީރަކަށް ވާން ބޭނުންވެއްޖެ ނަމަ ކަނބުލޮ އަވަހަށް ރާއްޖެ އަށް އާދޭ! ތިކަހަލަ ކިތަންމެ ވަޒީރުކަމެއް މަމެންގެ ސޭޓުޖީ ތަމެންނަށް ދީފާނެ.