އާންމުކޮށް ޕައިލެޓުންނަކީ ގަޑި އިރުތަކެއް ވަންދެން ފްލައިޓް ދުއްވާ، ބުރަ ވަޒީފާއެއް އަދާކުރަމުންދާ ބައެކެވެ. ހާއްސަކޮށް ދިގު ދަތުރުތަކުގައި ޕައިލެޓުންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވޭތަން ފެނެއެވެ.

ޗައިނާ އެއާ ލައިންގެ ޕައިލެޓުން މިދިޔަ ހަފްތާ ތެރޭގައި ހަޅުތާޅު ކޮށްފައި ވަނީވެސް، އެތައް އިރެއް ވަންދަން މަސައްކަތް ކުރުވާތީއެވެ. ޕައިލެޓުންގެ ވަރުބަލިކަމަށް ކުންފުނިން އަހަންމިއްޔަތުކަން ނުދޭތީއެވެ. ޝަކުވާތަކާއެކުވެސް ޕައިލެޓުން މަސައްކަތަށް ނުކުމެފައިވާ އިރު، އެ އެއާލައިން ބޮއިން 747ގެ ފްލައިޓެއް ދުއްވަން އިން ޕައިލެޓަކުން ވައިގެ ތެރޭގައި އިންދާ ނިދި ޖެހޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެެ.

ކޯ ޕައިލެޓް ނަގާފައިވާ ވީޑިއޯގައި ޕައިލެޓް ހަމަ ރަނގަޅަށްވެސް ނިދިގެން ވެއްޓެން ދެއެވެ. އެ ޕައިލެޓަކީ ވެންގް ޖިއާގީ ކިޔާ ޕައިލެޓެކެވެ. ޗައިނާ އެއާގެ ސީނިއާ ޕައިލެޓެއް ކަމަށްވާ ޖިއާގީއަކީ ގާތް ގަނޑަކަށް 20 އަހަރުގެ ތަޖުރިބާ ހުރި ޕައިލެޓެކެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލާފައިވާ މައްސަލައެއް ކަމަށާއި، ވީޑިއޯއާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ވީޑިއޯ ނަގާފައިވާ ކޯ ޕައިލެޓަށްވެސް އެ މައްސަލައިގެ ތެރެއިން ފިޔަވަޅު އަޅާފައިވެއެވެ. އެއީ ޕައިލެޓް ހޭލައްވަން މަސައްކަތް ނުކޮށް، ފްލައިޓްގެ ސަލާމަތަށް ނުވިސްނާ، ފޯނުން ވީޑިއޯ ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ކެކެކެކެ ކޯޕައިލެޓް މެޑެލް ޖަހަންވެގެން ކުރިކަމަކުން އޭނާ އަށްވެސް ކެހި ލިބުނީތާ.

    8
    1
  2. މީވެސް

    މީވެސް އިސާނުންދޯ