ފްރާންސްގެ ބައެއް ސަރަހައްދުތަކެއްގައި ވިހާ ކުދިންގެ އަތް، ނޫނީ އަތްތިލަ ނުހުންނާތީ އެކަމުގައި ޖަވާބުތައް ހޯދުމަށް ގިނަ ބަޔަކު އެދިއްްޖެއެވެ.

ކުދިންގެ އާއިލާތަކުން އެކަމަށް ޖަވާބު ހޯދަން އެދިފައިވާ އިރު، ބާތު ޑިފެކްޓެއް ކަމަށްވާ "އަޕާ ލިމްބް ރިޑަކްޝަން"ގެ ސަބަބުން ދާދިފަހުންވެސް ވަނީ ފްރާންސުން 20 ކުދިންގެ އަތް ނެތި ވިހާފައެވެ. އެކަމަށް މެދުވެރިވާ ސަބަބު ހޯދުމަށް ފްރާންސްގެ ޑޮކްޓަރުންނާއި ސައިންޓިސްޓުން އެއް މޭޒަކަށް އައިސްފައިވާ އިރު، މީގެ ކުރިން 15 އަހަރު ތެރޭގައިވެސް ވަކި ހިސާބެއްގެ އެތައް ކުދިންނެއް ވަނީ އަތް ނެތި ވިހާފައެވެ.

މީގެ ކުރިން 2007 ވަނަ އަހަރުވެސް ފްރާންސްގެ އެކި ހިސާބުތަކުގައި އެ ޑިފެކްޓްގެ ކަންތައް ބޮޑުވެފައިވާ އިރު، ފަހަކަަށް އައިސް އެކަމުގެ ސަމާލުކަން ބޮޑުވީ ފްރާންސްގެ ޓީވީ ޗެނަލަކުން ހެދި ރިޕޯޓެއްގައި އެ މައްސަލަ އިންތިހާއަށް ބޮޑު ދެ ސިޓީއަކާ ގުޅޭ ރިޕޯޓެއް އާންމުކުރުމުންނެވެ.

"އަޕާ ލިމްބް ރިޑަކްޝަން"ގެ ސަބަބުން ހަދަން ފެށި ދިރާސާތަކުގެ އަލީގައި އެގައުމުގެ ހެލްތު އޭޖެންސީން ނެރުނު ރިޕޯޓުގައި އިތުރުން 11 ވަރަކަށް ބާތު ޑިފެކްސްޓް އެގައުމުގައި އާންމުކަމަށް ދައްކައެވެ. އޭގެ ތެރެއިން ކޮންމެވެސް އުނިކަމެއްގެ ތެރެއިން އަހަރަކު 150 މީހުން އުފަންވާ ކަމަށްވެސް އެ ރިޕޯޓުތައް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ﷲސުބްޙާނަޙޫ ވަތަޢާލާގެ ކުޅަދުން ވަންވެރިކަން ނޭގޭ ބަޔަކަށް އެގޭނެ އެއްވެސް ކަމެއް ނެތް !

    6
    5
    • ނޭގޭމީހާ

      އެމީހުން ހެދި ފޯނަކުންދޯ ކޮމެންޓްކުރީ؟

  2. ޢަލީ

    ތިހ ޔަޤީންކަން އޮތިއްޔާ ނަންބުނަންވީއެއްނު، ކީއްވެތަ ބިރުން ތިއުޅެނީ،

  3. ރޯ

    ﷲ އިންސާނާ އުފައްދައިފައިވަނީ އެންމެ މޮޅަށް. އަތް ނެތީމަ އޭގގެ މާނައަކީ ގުދުތަރުގެ ނިޒާމާ ބަޔަކު ކުޅެނިއްޔޭ. ވެކްސިންއަދި ފާޑުފާޑުގެ ޕެސްޓި ސައިޑްސްއަކީ އިންސާނާގެ ޖީން އަށް ބަދަލުތައް ގެންނަ އެއްޗެތި

    2
    3