ފާހާނާ ފްލަޝް ޓޭންކް ތެރެއިން ހަތަރު ފޫޓުގެ ހަރުފައެއް ފެނުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ.

ހަރުފައަކާއެކު އެތައް ދުވަހަކު ދިރިއުޅެވުނު ފަހުން ހަރުފަ އޮތްކަންވެސް އެނގުނީ ފާހާނާ މަރާމާތު ކުރުމުގެ ތެރެއިންނެވެ. އެމެރިކާގެ ގެއެއްގެ ތެރެއިން ހަތަރު ފޫޓުގެ ހަރުފައެއް ފެނުމުން އެކަމާ ކަންބޮޑުވެ މާޔޫސްވެފައި ވަނީ ނައޯމީ ބަޑެޓްއެވެ.

ފްލަޝް ޓޭންކްގެ ތެރެއިން ފެނުނު ހަރުފައާ ގުޅިގެން އެގައުމުގެ ރެޕްޓައިލް ކޮންޓްރޯލް ކުރާ ފަރާތްތަކުން އެކަމަށް ފިޔަވަޅު އަޅަން ވަގުތުން ގޮސްފައިވާ އިރު، އެ ހަރުފައަކީ އެއްވެސް ވިހައެއް ނުހުންނަ "ރެޓް ސްނޭކް"އެއްކަން ވަނީ އެނގިފައެވެ. ފިނީގައި އާންމުކޮށް ދިރިއުޅޭ ހަރުފަ، އެތަނުގައި އެތައް ދުވަހެއް ވަންދެން އޮއެފައިވާ އިރު، އެ ގޭގައި ދިރިއުޅޭ ދެމަފިރިން ބުނެފައި ވަނީ ހަރުފަ ނުކުތީ އުއްބައްތިއަކުން ހޫނު ކުރަން އުޅުމުން ކަމަށެވެ.

މީގެ ކުރިންވެސް އެމެރިކާގެ ބައެއް ގޭގެއިން ހަރުފަ ފަދަ ތަކެތި ފެނިފައިވާ އިރު، ދާދި ފަހުން ވަނީ އެމެރިކާގެ ފާހާނާ ތައްޓެއްގެ ތެރެއިންވެސް ހަރުފައެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު