ތަލަ މީހުންނާ ބެހޭ ގޮތުން ދުނިޔޭގެ އެތައް ތަނެއްގައި، އެތައް ދިރާސާތަކެއް ކުރަމުންދެއެވެ. ހާއްސަކޮށް ތަލަ ވިޔަ ނުދޭން ކުރާ މަސައްކަތް މަޑު ޖައްސާލާ، މިހާރު ހޯދާ ހޯދުންތަކުން ދައްކަނީ ތަލަ މީހުނަށް އޮންނަ ކާމިޔާބު މުސްތަގުބަލުގެ ވާހަކައެވެ.

ދާދިފަހުން ހެދި ދިރާސާތަކުން ތަލަ ފިރިހެނުން އަންހެނުންނަށްވެސް މާ ކަމުދެއެވެ. ހިތް ކިޔާލަތްވެސް ބޮޑުވެއެވެ. ހާއްސަ ތަލަ މީހުންނަކީ މިހާރު ސްޓައިލަކަށް ވެއްޖެއެވެ.

ދާދި ފަހުން ޑރ. މުސްކަރެއްލާ ކުރި ދިރާސާއަކުން ދައްކާ ގޮތުން ތަލަ މީހުންނަކީ މިހާރު، މި ޒަމާނުގައި އެންމެ ކާމިޔާބު މީހުންނެވެ. އެއީ ވަކި ދާއިރާއަކުން އެކަންޏެއް ނޫނެވެ. ގިނަ ދާއިރާތަކުންނެވެ. ހާއްސަކޮށް ހަރުކަށިކަން، މެޗުއާރިޓީ ބޭނުންވާ ދާއިރާތަކަށް ތަލަވުން މާ ރަނގަޅެވެ.

މުސްކަރެއްލާގެ ދިރާސާ ދައްކާ ގޮތުން ތަލަ މީހުން ފެނުމުން އެހެން މީހުން ޖެހިލުންވާފަދަ ގޮތެއްވެއެވެ. އެއީ މީހުންނަށް ސައިކޮލޮޖިކަލީ ކުރާ އަސަރެކެވެ. ސަބަބަކީ ތަލަ މީހުންނަކީ ތަޖުރިބާ ބޮޑު ބައެއްކަން އަބަދުވެސް މީހުންނަށް ހީވުން ކަމަށް އެ ދިރާސާގައިވެއެވެ.

ސިޔާސީ ކަންތައްތަކަކީ މިހާގެ ޝަހުސިއްޔަތު ވަރަށް ބޮޑަށް ފެންނަން ޖެހޭ ކަމަށްވާ އިރު، ތަލަވުމުން މީހާގެ ތަޖިރިބާ ބޮޑު ކަމަށް ދައްކައިދޭނެ ކަމަށް ދިރާސާގައިވެއެވެ. އަދި ތަލަވުމުން މީހާގެ ވަރުގަދަކަން ވަރަށް ބޮޑަށް ދައްކުވައިދޭ އިރު، އެމީހާގެ ޑޮމިނެންސްވެސް ތަލަވުމުން ދައްކުވައިދޭނެ ކަމަށް ދިރާސާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިމާރުލް ޤައުމު

    ނަސީބެއް ތަލަވިކަން

  2. ކުނބޯލި

    އެހެންވީމާތާ އަންނި އެހާ ކާމިޔާބީ.

  3. ހުސޭނުބޭ

    ސިޔާސީދާއިރާގައި އަންހެނުން އެހައި މަދީ މިހެވްދޯ! އަންހެނުން ތަލަނުވާތީ! ސިޔާސީ ދާއިރާގައި އަންހެނުން މަދުވެގެން އުޅޭ މީހުންނަށް މި ލިޔުން ދައްކާފައި ބުނެބަލަ އެންމެ ފުތަރަމަ ތަލަވާން ދަސްކުރާށޭ

  4. ތަލަބޯއި

    މަވެސް މި ތަލަ ކޮށްލަނީ އަވަހަށް