އޭލިއެން ދިރުން ހޯދަން ނާސާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އާވަތަރެއްގެ ޑީއޭނޭއެއް އުފެއްދިއްޖެއެވެ.

ޖަޕާނުގެ ބަހަކުން ނަންދީފައިވާ "ހަޗިމޮޖީ" ނަމަކަށް ކިޔާ މި ޑީއެންއޭއާއި އިންސާނުންގެ ޑީއެންއޭއާ ދާދި އެއްގޮތް ކަމެއް ހުރެއެވެ.

ސައިސްވެރިން ބުނީ މި ޑީއެންއޭގެ ސަބަބުން އޭލިއެން ދިރުން ހޯދަން އިތުރަށް ފައްސޭހަވެގެން ދާނެ ކަމަށެވެ.

ޖަނަވާރުންގެ ޑީއެންއޭ ބަދަލުކޮށް އެތަކެތީގެ ހެދިބޮޑުވުން އަވަސް ކުރުމަކީ ސައިންޓިސްޓުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
ޑީ.އެން.އޭ ގެ އެހީގައި މިހާރު އިންސާނާ ދުނިޔޭގައި ދިރިހުންނާނެ މުއްދަތުގެ އަންދާސީ ހިސާބު ޖެހިދާނެއެވެ.

އޭލިއަނުންނަކީ އެހެން ޕްލެނެޓުތަކުގައި ދިރިއުޅޭކަމަށް އިންސާނުން ގަބޫލުކުރާ މަޚުލޫގުންތަކެކެވެ. ނާސާ އިން ބުނީ، އެމީހުންގެ މެދުގައި ސުވާލުއުފެދިފައި ވަނީ، އޭލިއަން ފެނިދާނެ ކަމާމެދު ނޫން ކަމަށެވެ. ނަމަވެސް އެ އެއްޗެހި ފެންނާނީ ކޮން އިރަކުން ކަމަށް ސުވާލު އުފެދޭ ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން އަންނަނީ އޭލިއެން ލައިފު ހޯދުމަށް އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޗައިނާ

  ތިޔަކު ނެތް އަހަރެމެންގެ ފޮތްތަކުގައި ނެތް އާކަމެއްގެ ވާހަކައެއް.

  2
  4
 2. ރިފް

  އޭލިއަންއަކީ އިންސާނުން.

 3. ބަބުރު

  ބުންން މިދުނިޔެ ހައްދަވާފައި ދުނިޔެއިން ބޭރުން މިދުނިޔެއަށް އައި ހަމައެކަނި ދިރުމަކީ އިންސާނުން. އާދަމްގެފާން. އެހެންވީމަ އޭލިޔަނުންނަކީ އަހަރެމެން. އަމިއްލަ ންފަސާބެހޭގޮތުން ދެން ކިޔަވަބަލަ. ކީރިތި ގުރުއާން ބަލައިގެން. ހިޔާލަށްވެސް ނުގެނެވޭހާ ފުރިހަމަ ކަން އިންސާނުންގެ ހަށިގަނޑުގައިވޭ. މިހީ ހުރެހުރެ ގިނަދުވަސްބެފަ ބަދަލުއައިސްގެން އުފެދިފަ ތިބި ބައެއްނޫން. އަހަރެމެން މީ އޭލިއަނުން. މިދުނިޔެ ހަލާކު މިކިރަނީ އަހަރެމެން.

 4. ައަލީ

  ތިކުރަނީ ކީއްކަން ސުރުހީ ކިޔާލުމުންވެސް ވަރަށް ސާފުކޮށް އެނގެން. ދުނިޔޭގަ ދިރިއުޅޭ ދިރޭތަކެތީގެ ޑިއެންއޭ ބަދަލުކޮށްގެން އާވައްތަރެއްގެ ދިރޭއެއްޗެއް އުފައްދަން މަސައްކަތްކުރަމުން ދާކަން މަށަށް ދޭހަވަނީ. އަދި ވަރަށް ޔަގީންކަމާއެކު އެބުނަނީ އެއެއްޗެއް ދުނިޔެއަށް ކޮންމެވެސް ދުވަހަކުން ދައްކާލާނަމޭ. ހެހެހެހެ... ތީ ކޮންބައެއް؟