މިއީ އިރުވައި މޫސުމުގެ ދުވަސްތެކެވެ. ދޭތެރެއަކުން ވިއްސާރަކުރި ނަމަވެސް، ޖުމުލަ ގޮތެއްގައި މިއީ ހޫނުގަދަ ދުވަސްވަރެކެވެ. އިރުގެ ހޫނުން މުޅި ވެއްޓެކޭ އެއްގޮތަށް، ގޭގޭގެ އެތެރެއާއި ކޮޓަރިތައްވެސް ހޫނުވެއެވެ. އެކަމުގެ އުނދަގޫ އުފުލަން ޖެހެއެވެ. އެހެންކަމުން، މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

މިހެން ބުނުމުންވެސް ހުރިހާ ފަރާތްތަކުން އެންމެ ފުރަތަމަ ބުނާނެ އެއްޗަކީ އޭސީއެއް ހަރުކުރުމެވެ. އެހެންނަމަވެސް، އޭސީއަކާ ނުލައި އެއަށްވުރެ ޚަރަދު ކުޑަކޮށް މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

މަޑު ކުލަކުލައިގެ ދޮރުފޮތި ބޭނުންކުރޭ

ގޭގެ ކުޑަދޮރުތަކުގައި ދަމާފައިވާ ދޮރުފޮތިތަކަކީ މަޑު ކުލައެއްގެ ދޮރުފޮއްޗަކަށް ހެދުމަކީ މިކަމަށް ކުރެވިދާނެ ކަމެކެވެ. "ނިއުޓްރަލް" ކުލަތަކުގެ ދޮރުފޮތި ބޭނުންކުރުމުން، ހޫނު މަޑުކޮށްދޭ ކަމަށް އެތައް ބަޔަކު ބުނެއެވެ.

އެނދުގެ ބެޑުޝީޓުތައް ބަދަލުކުރޭ

ކޮޓަރީގައި ނުވަތަ އެނދުމަތީގައި އޮންނައިރު ހޫނުކަން އިހުސާސް ކުރެވޭނަމަ، އެނދުގެ ބެޑުޝީޓުތައް ކޮޓަން އިން ހަދާފައިވާ ޝީޓުތަކަކަށް ބަދަލުކުރާށެވެ. އަދި، ޤަވާއިދުން ޝީޓުތައް ބަދަލުކުރުމަށްވެސް ސަމާލުކަން ދޭށެވެ.

ވީހާ ތިރީގައި ނިދާ

ކޮޓަރީގައި ހޫނުކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ނިދާ ވަގުތުއެވެ. އެއީ އަރާމުކަން ބޭނުންވާ ވަގުތަކަށްވާއިރު، ހޫނުކަމުގެ ސަބަބުން މިކަމަށް ހުރަސް އެޅެއެވެ. މިގޮތަށް ކަންތައްވާނަމަ، ވީހާ ތިރީގައި ނިދާށެވެ.

ރޭގަނޑު ކުޑަދޮރުތައް ހުޅުވާލާ

ދެނަމާދު ދޭތެރޭގެ ވަގުތު ނިމި، ރޭގަނޑު ފިނިވުމުން ކުޑަދޮރުތައް ހުޅުވާލާށެވެ. އޭރުން ކޮޓަރިތެރޭގައި ހުންނަ އުދާސްކަން ފިލާ، ތާޒާ ވައި ވަންނާނެއެވެ. މަދިރި އުޅޭނަމަ، މިކަމާމެދު އިތުރަށް ވިސްނާލާށެވެ.

މި ނޫނަސް އެތައް ކަމެއް، ކޮޓަރިއާއި ގޭތެރެ ފިނިކުރުމަށް ކުރެވިދާނެއެވެ. މިސާލަކަށް ގޭތެރޭގައި އަވަންފަދަ ތަކެތި ބޭނުންކުރާ ވަގުތުވެސް މަދުކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަރުން

  ދޮރުތައް ހުޅުވައިގެން މަދިރިއާއި ދޭރެރޭ ވިސްނަން އޮންނަންވީތަ؟ކިތައްމެ ހޫނުވިޔަސް މިއުޅެނީ މަދިރިއާއިހެދި ދޮރުތައް ލައްޕައިގެން.

  • ސއފ

   ???????

 2. މާމަ

  ތިކަމެއްނުވާނެ ވަގުއްވައްނަވަރުއް ދޮރުހުޅުވާފަހުރިއްޔާއަވަހައްަވައނާނެދޯ

 3. ީހުސެން

  ޥަގުންނަށް ދޮރުތައް ހޮޅުވާލަން ވީތަ؟؟