މަޝްހޫރު ލަވަކިޔުންތެރިޔާ، މޯލްޑިވިއަން އައިޑަލްގެ ފަނޑިޔާރު، އުމުރުން 33 އަހަރުގެ މަރިޔަމް އުނޫޝާ (ކިޑީ) އާއި އޭނާގެ ފިރިމީހާ އިބްރާހިމް ހަމީޝް އަށް އަލަތު ދަރިފުޅު ލިބެން އެބައުޅޭ ކަމަށް "ރާއްޖެ ޓީވީ" އިން ރިޕޯޓް ކޮށްފިއެވެ.

އުނޫޝާގެ ބަނޑަށް މިހާރު ހަމަަސް ފުރިއްޖެ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އެކަން ކަށަވަރު ކުރުމަށް އުނޫޝާ އާއި އިބްރާހިމް ހަމީޝް އަށް ގުޅައިލުމުން ޖަވާބެއް ނުދޭ ކަމަށްވެސް "ރާއްޖެ ޓީވީ" އިން ބުނެއެވެ.

އުނޫޝާ އާއި ހަމީޝް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހު ކައިވެންޏަށް 10 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.

އުނޫޝާ އިނީ ބަލިވެ ކަމަށް މީޑިއާ އިން ރިޕޯޓް ކުރި ނަމަވެސް އެކަން ކަށަވަރު ކުރެވޭ އެއްވެސް ފޮޓޯއެއް ވެސް އުނޫޝާ މީސް މީޑިއާގައި ޕޯސްޓް ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ބަނޑުބޮޑު ކަމަށް ބެލެވޭ ފޮޓޯއެއް އޮގަސްޓް 15 ގައި އިންސްޓަގްރާމް ގައި ޕޯސްޓް ކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Mariyam Unoosha (@unoosha) on

އުނޫޝާ އަކީ ވަރަށް ކުޑައިރުއްސުރެ ލަވަ ކިޔުމުގެ ދާއިރާ އިން ފެންނަ ފަންނާނެކެވެ. އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ލަވަކިޔުމުގެ ދާއިރާގައި މަސައްކަތް ކުރި ދެ ފެންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފެނުނުމީހާ

    އަސްލު ހަމަތެދު ވާހަކައެއްތީ މީގެ ދެދުވަސްކުރިން އުނޫޝާ އާއި ހަމީޝް އާއި ދެމީހުން ޓެޕްކޮމް ހާރޑްވެއަރ ތެރެއިން ފެނުނުއިރު އުނޫޝާގެ ބަނޑު ފުދޭވަރަކަށްބޮޑު ހީވަނީ ހަމަސް ހަތްމަސް ވެފައިހުރިހެން އުނޫޝާ އަތުގައި ފައިލެއވެސްއޮތް !

    29
    4
  2. ކޮކީ

    މަރުޙަބާ ކިޑީ ދައްތާ

    27
    6
  3. ވެލާ

    ކަލޭމެންނަށް ސިއްރުން ވެސް ނެތެއްނު ދެމަފިރިންނަށް ކަމެއް ކުރެވެން.. ހުރިހާ ދިމާލަކަށް އަނގަ ބާނައޭ އެބަ.

    68
    2
  4. އަހްމަދު

    ބައްޕަޔަކީ ކާކު ކަން ކަށަވަރު ނުކުރޭތަ؟

    4
    2
  5. ކުޑޭ

    ހޫ ކެއާރސް.......

    3
    2
  6. ސަލީމް

    ޢަހަރުމެންނަށް ކީއް.

    2
    1