ޗައިނާގެ އެއާޕޯޓެއްގައި ޓްކްނިޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފަކު މާރީތިވެގެން މަތިންދާ ބޯޓެއްގެ ތެރޭގައި އިން އަންހެނަކު އޭނާގެ ވީޑިޔޯއެއް ނެގިއެވެ. އަދި މީސް މީޑިޔާގައި އެ ވީޑިޔޯ ހިއްސާކުރިއެވެ.

އެއާކު އެ ޒުވާނާގެ ރީތިިކަމުގެ ވާހަކަތައް އެންމެން ދައްކަން ފެށިއެވެ. ޗައިނާގެ މީސް މީޑިޔާތަކުގައި އޭނާ މަޝްހޫރުވިއެވެ. އަދި އޭނާ ފިލްމީ ތަރިއަކާއި ވައްތަރުކަމަށް ބުނެ ވެސް ވާހަކަ ދެކެވުނެވެ.

އެ ފަސެންޖަރުން އޭނާ އިން ފްލައިޓްގެ ކުޑަދޮރުން ނެގި އެ ވީޑިޔޯއިން ފެންނަނީ ޒުވާން ފިރިހެނަކު ވަރަށް "ފެޝަން"ކޮށް ހެދުން އަޅައިގެން އައިނެއް އަޅައިގެން އަދި ހެޑް ސެޓް ޖަހައިގެން އެއާޕޯޓު ތެރޭގައި ހިނގާ މަންޒަރެވެ.

https://www.facebook.com/shanghaiist/videos/10156743773561030/

ގިނަ ބަޔަކަށް ރީތިވިނަމަވެސް، އެކަން އޭނާ މަސައްކަތް ކުރާ ކުންފުނީގެ މެނޭޖްމެންޓަށް އެކަންވީ ބޮޑު ކަމަކަށެވެ. އެތަނުގައި އޭނާ އަޅަން ޖެހޭ ޔުނީފޯމުގެ މިންގަނޑުތަކާއި ޚިލާފުވި އެ މައްސަލަ ފެންމަތިވިއެވެ. އަދި އެވަގުތު އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް، އެހެން ސަރަޙައްދެއްގައި އުޅުނު މައްސަލަވެސް ހޫނުވީއެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާގެ މަޤާމު ދަށްކޮށް، އޭނާގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މި ނިންމުމަށް އެ ޒުވާނާގެ ހިތްބަރުކަމެއް ނެތްކަމަށާއި، އޭނާ އަމިއްލައަށް އޭނާގެ ކުށް ގަބޫލުކުރާ ކަމަށް އެ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މީސް މީޑިޔާގެ ބައެއް މީހުން ތިބީ އެ ކުންފުނީގެ ނިންމެވުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު