ސިނގިރޭޓް ބުއިން ހުއްޓާލަމް ކުރި މައްސަކަތް އަދި ކާމިޔާބު ނުވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރ އާމިރު ޚާން ބުނެފިއެވެ.

ދާދިފަހުން އުމުރުން 53 އަހަރު ފުރިފައިވާ ކުޅަދާނަ އެކްޓަރު، އާމިރު ޚާން އަކީ ފިލްމީ ދާއިރާއިން އެތަކެއް ކާމިޔާބީތަކެއް ހޯދައިފައިވާ ފަންނާނެކެވެ. ހަޔާތުގައިވެސް ކާމިޔާބު ތަރިއެކެވެ. އެހެންނަމަވެސް، މިފަދަ ކާމިޔާބީ ތަކުގެ ތެރެއިންވެސް، އާމިރުގެ ސިގިރޭޓް ބުއިމުގެ އާދަ ވެފައިވަނީ އޭނާގެ ބަލި ފައިކަމުގައެވެ.

ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ބުނެފައިވަނީ އޭނާ ސިނގިރޭޓް ބުއިން ހުއްޓާލެވޭތޯ ވަރަށް މަސައްކަތް ކުރާކަމަށާއި އެހެން ނަމަވެސް އޭނާއަށް އެކަން އަދި ކާމިޔާބު ނުވާކަމަށެވެ.

"އަހަރެން އެތަށް ފަހަރެއްގެ މަތިން ސިނގިރޭޓް ބުއިން ހުއްޓާލައިގެން ހުންނަން މަސައްކަތް އެބަ ކުރަން. އެހެން ނަމަވެސް އެކަން ކޮންމެ ފަހަރަކު ދަނީ 'ފެއިލް' ވަމުން،" އާމިރު ވިދާޅުވިއެވެ.

ނާކާމިޔާބުވިނަމަވެސް އަދިވެސް އޭނާ ސިނގިރެޓް ބުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރާނެކަމަށް އާމިރު ހާން ބުނެފައިވެއެވެ.

އާމިރު ދެން އެންމެ ފަހުން ފެންނާނީ "ތަގްސް އޮފް ހިންދުސްތާން" އިން ނެވެ. އެފިލްމު ނެރޭނީ މިއަހަރުގެ ނޮވެމްބަރ 7 ގައެވެ. އެ ފިލްމުގައި އާމިރުގެ އިތުރުން އަމީތާބް ބައްޗަންއާއި ފާތިމަތު ސަނާ ޝައިޚް ވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދް

    ސިނގިރޭޓަކީ ދިރިއުޅުމުގެ މައްސަލަތަކާއި ފިލުމަށް ކުރެވޭ މަސައްކަތެއް. އެކަން ހައްލު ކުރުމަށްޓަކައި ތަގުވާވެރިކަން އިތުރުކޮށް "ސެލްފް އެސްޓީމް" ރަނގަޅު ގޮތުގައި ދަސްކޮށް، އެ އިތުރު ކުރުން ނޫން ގޮތެއް ނެތް.