ޕުނިތް މަޅޯތްރާ ޑައިރެކްޓް ކުރާ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގައި އާލިއާ ބަޓުގެ ހާއްސަ ލަވައެއް ފެނިގެން ދާނެ ކަމުގެ އަޑު ތަކެއް ވަނީ އިންޑިއާގެ މިޑިއާ ތަކުން ފަތުރާފައެވެ.

2012 ވަނަ އަހަރު ކަރަން ޖޯހަރު ޑައިރެކްޓްކޮށް ނެރުނު ސްޓުންޑެންޓް އޮފް ދަ އިޔާ ގެ ދެނަވަ ބައިން ފެނިގެން ދާނީ ޓައިގާ ޝްރޮފް އާއި ބޮލީވުޑް އަށް އަލަށް ތައާރަފްވާ ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައިވަނީ އާއިލާ ބަޓް އާއި ސިދްހާތް މަލޯތުރާ އަދި ވަރުން ދާވަން އެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގެ ލަވައަކުން އާލިއާ ފެނިގެންދާނެ ކަމަށް ބުނާއިރު އެލަވައިގައި ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ

ފަރާހް ހާން ކޮރިއަގުރާފް ކުރާ އެލަވައިގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ބޮޑު ސެޓެއްގައެވެ. ލަވައިގައި ވަކި ހިސާބުން ވަރުން އާއި ސިދާތު ވެސް ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް މިކަމާ ގުޅެ އިތިރި މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު މެއި މަހު 10 ގައެވެ.