ނެޓްފްލިކްސް އަށް ވެބް ސީރީޒެއް ހަދަމުން އަންނަ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހްރުކް ހާން އަނެއްކާވެސް ނެޓްފްލިކްސް އާ ގުޅިގެން ފިލްމެއް ހަދަން ނިންމައިފިއެވެ.

މި ފިލްމުގެ ނަމާއި، މަސައްކަތް ފަށާނެ ތާރީހުގެ އިތުރުން ކާސްޓުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަތުލް ސަބަރްވާލްއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޝާހްރުކް ހަދަން އުޅޭ ފިލްމުން ދައްކައިދޭނީ އިންޑިއާގެ މުމްބާއީ އަންޑަވޯލްޑް ގޭންގްތަކުގެ ވަކިތަކުގެ ދަށުގައި އެންމެ ބޮޑަށް އޮތް އެއް ދުވަސްވަރު ކަމަށްވާ 1938 ވަނަ އަހަރުގެ ތެރޭގައި ގޭންގަތަކާ ދެކޮޅަށް ފުލުހުން ކުރާ ބުރަ މަސައްކަތް ތަކެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް މިހާރު ހަދަމުންދާ ވެބް ސީރީޒް "ދަ ބާޑް އޮފް ބްލަޑް" ގެ ފަހު ޝޫޓިންތައް ކުރަމުން އަންނަ އިރު އެ ސީރީޒްގެ ބަތަލަކީ އިމްރާން ހާޝިމީއެވެ.

ޝާހު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ޑިސެމްބަރު މަހު ނެރުނު "ޒީރޯ" އިންނެވެ. ނަމަވެސް މި ފިލްމު ވެގެން ދިޔައީ ފުލޮޕް އަކަށެވެ.