ކުރި އަރަމުން އަންނަ ފޯން ކުންފުނި ވާވޭ އާ ބެހޭ ގޮތުން އެމެރިކާއިން ދަނީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. މިގޮތުން އެމެރިކާއިންވަނީ ވާވޭގެ 5 ޖީ ޕްރަޑަކްޓްތައް އެމެރިކާގައި ވިއްކުން މަނާކޮށްފައެވެ. މިއާއެކު ވާވޭއިންވަނީ އެމެރިކާގައި ވާވޭގެ ބްރޭޑް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

މިގޮތުން ވާވޭ ކުންފުނިން މިވަނީ ތަފާތު ކަމެއް ކޮށްފައެވެ. އެއީ އެމެރިކާގެ ނޫހެއްގައި ތަފާތު އިޝްތިހާރެކެވެ.

މިއިޝްތިހާރުގައި ބުނެފައިވަނީ "އަޑުއިވޭ ކޮންމެއެއްޗެއް ޤަބޫލު ނުކުރާށެވެ. އަމިއްލައަށް ތަޖުރިބާ ކުރާށެވެ." މިހެންނެވެ. މީގެ އިތުރުން މިއާއެކު ވަނީ ތަފާތު ސިޓީއެއްވެސް އެ ލިޔުން ކޮޅުގެ ތިރީގައިލިޔެފައެވެ.

މިގޮތުން އެލިޔުމުގައި ބުނެފައިވަނީ ވާވޭއަށް ތަފާތު ގިނަ ޖެއްސުން ބަޔަކު ކުރަމުންދާ ކަމަށާއި ނަމަވެސް ކަމުގެ ޙަޤީޤަތް އެނގޭނީ ތަޖުރިބާ ކުރުމުން ކަމަށެވެ، މިގޮތުން އެމެރިކާގެ ނޫސްވެރިން ބޭނުންވެއްޖެނަމަ ވާވޭއަށް ގޮސް އެތަނުގައި ކަން ހިނގާ ގޮތް ބެލާނެ ގޮތް ވަނީ ހަދާފައިވާ ކަމަށެވެ.

ވާވޭއަކީ މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.