ޕްރިންސް ހެރީއާގެ އަނބިކަބަލުން މޭގަން މާކަލް އާއި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެމީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޕްރިޔަންކާގެ ކައިވެނީގެ ހަފްލާއަަށް މޭގަން ނުދިޔުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މިދިޔަ އަހަރު ތެރޭގައި އޮތް މޭގަންގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ދިޔައެވެ.

ޕްރިޔަންކާގެ ކައިވެނީގެ ހަފްލާއަށް މޭގަން ނުދިޔުމުން، މޭގަންގެ ބޭބީ ޝަވާ ހަފްލާއަށް ޕްރިޔަންކާއެއް ނުދެއެވެ. އެ ޔަގީންކަން ބައެއް ފަރާތްތަކުން ވަނީ މިީޑިއާތަކަށް ދީފައެވެ.

މޭގަން ޕްރިޔަންކާގެ ކައިވެނީގެ ހަފްލާއަށް ގޮސްފައި ނުވަނީ އޭނާ ބަނޑުބޮޑުވުމުންނެވެ. އަދި އެ މީހުންގެ ގުޅުން ދެން ރަނގަޅުވާނީ މޭގަން ޕްރިޔަންކާ ކައިރިން މައާފަށް އެދުމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ޕްރިޔަންކާގެ ސްޕޯކްސްޕާސަން އެއްޗެެއް ބުނަން ބޭނުންނުވާކަމަށް ވެއެވެ. އެހެން ނަމަވެސް ޕްރިޔަންކާގެ ގާތް މީހަކު ވަނީ އެ ވާހަކަތަައް ދޮގުކޮށްފައެވެ. އަދި އެ ދެމީހުންގެ ގުޅުން ރަނގަޅުކަމަށް ވަނީ ބުނެފައެވެ.

މިހާރު ޕްރިޔަންކާ ދަނީ އޭނާ ލިޔަމުންދާ ފޮތަށް އިންޓަވިއުތައް ނެގުމަށް މީހުންނާއި ބައްދަލުކުރަމުންނެވެ.