އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުޑަކުއްޖަކު ރަހީނުކޮށްފިއެވެ.

ރަހީނުކޮށްފައި ވަނީ އުމުރުން ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ ރަހީނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކުއްޖާގެ ތިމާގެ މީހަކާއި އެކު ބޭރަށް ދިޔުމަށްފަހު އެނބުރި ގެއަށް އައި މަގުމަތީމައެވެ.

ދިއްލީގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން އެ ކުއްޖާ ރަހީނުކޮށްފައިވަނީ އޭނާގެ ތިމާގެ މީހެކެވެ. އަދި ރަހީނުކޮށްގެން ގެންގޮސްފައިވަނީ އޭނާގެ ގެއަށް ކަމަށްވެސް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ރަހީނުކުރި ކުއްޖާ އާދިއްތަ ދުވަހު ފެނިފައިވާއިރު މި މައްސަލައިގައި ދެމީހަކު ވަނީ ހައްޔަރުކުރެވިފައެވެ. ހައްޔަރު ކުރެވިފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް އިންޑިއާގައި ކުޑަކުދިން ރޭޕް ކުރުމާއި ރަހީނު ކުރުން މިވަނީ އާންމުވެފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް އިންޑިއާގައި ވަނީ 2 ކުއްޖަކު ރަހީނުކޮށް ކުއްޖަކު ރޭޕްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންދު އަމަތު

    މިވަރުމީހުން އެހެންގައުމުތަކުގައި ހިނގާ ކަންކަމާ ބެހި އަނގަބާނަނީ ! އިންދިޔާއަށް ދިވެހި ފުލުހުން ފޮނުވަން ސަރުކާރަށް ގޮވާލަން !!!!

  2. ޑިމޮކްރަޓިސްޓް

    ރަހީނުކުރި ދެމީހުން މިހާރުން މިހާރަށް ދޫކޮށްުމަށް ގޮވާލަން:::::: އެދެމީހުންގެ އިންސާނީ މިނިވަންކަމަށް އަރައިގަނެ ސަރުކާރުން ހިންގާފައިވާ ޖަރީމާ ކުއްވެރިކުރަން:::::: އަދި މިކަންހިންގި ސަރުކާރާ ދެކޮޅަށް އދ ގެ ޕްރެޝަރާއި، އިންޑިޔާގެ ސަލާމަތީ ބާރުތައް ފޮނުވުމަށް ގޮވާލަން::::::