އަބީޝެކް ބައްޗަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، އަބީޝެކް ބައްޗަން، މީސްމީޑިޔާގައި ބޭނުންކުރާ އެކައުންޓުތައް ހިންގާ، އޭނާގެ ނަމުގައި ބައެއް ޕޯސްޓުތައް ކޮށްފިއެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާގޮތުގައި، އަބީޝެކްގެ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރަމް އެކައުންޓު ހެކުކޮށްފައިވެއެވެ. އަދި، އެކައުންޓުތައް ހެކުކުރިކަން، އަބީޝެކް އަމިއްލައަށްވެސްވަނީ ހާމަކޮށްފައެވެ.

އެކައުންޓުތައް ހެކުކުރުމަށްފަހު، އިންސްޓަގްރަމް އަދި އަޕްލޯޑުކުރި ބައެއް ފޮޓޯތައް ފެންނަ ސްކްރީން ޝޮޓެއް އާއްމުވެފައިވެވާއިރު، އަދި، "އައި ލަވް ކެޓްރީނާ ކައިފް" ގެ ނަމުގައިވެސް ޕޯސްޓެއް ކޮށްފައިވެއެވެ. ހަމައެހެންމެ، ޕާކިސްތާނާ އެއްކޮޅު ޓްވީޓުތަކެއް ވެސް، ހެކުކުރުމަށްފަހު ކޮށްފައިވެއެވެ.

ނޫސްތަކުން ބުނާގޮތުގައި، އެކައުންޓުތައް ހެކުކުރި މީހެއްވެސް މިހާރުވަނީ ހޯދިފައެވެ. އެމީހަކީ ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ އައިލިދިޒް ތިމް އެވެ.

އަބީޝެކްގެ އެކައުންޓުތަކެއް ހެކުކުރިއިރު، މަޝްހޫރު އެކްޓަރު، އަނުޕަމް ޚީރުގެ އެކައުންޓެއް ވެސް، ދާދިފަހުންވަނީ ހެކުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު