ކުއްޖާ މަންމަގެ ބަނޑުތެރެއަށް މަރުވުމަކީ ވަރަށްވެސް ހިތާމަވެރި ކަމެކެވެ. މިފަދަ ކަމެއް އެއްވެސް މީހަކަށް މެދުވެރި ނުކުރައްވާށި، އާމީން! ނަމަވެސް މިގޮތަށް ކަންތައް ދިމާވެއްޖެނަމަ ދެވަނަ ދަރިއަކު ހޯދުމަށް ގިނަ މައިންބަފައިން ބޭނުންވެއެވެ. މިހާތަނުން އުފެދޭ ސުވާލަކީ މިގޮތަށް ކަން ދިމާވުމަށްފަހުގައި ދެން ވިހަން ޖެހޭނީ ކިތައް ދުވަސް ފަހުން ހެއްޔެވެ؟

ނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިރުޝާދު ދޭ ގޮތުގައި ބަލިވެ އިނދެ ވިހެއުމަށް ފަހު، އަލުން ބަލިވެ އިންނަ ނަމަ އެ ދޭތެރެއަށް މަދުވެގެން 18-24 މަހާ ދެމެދުގެ މުއްދަތެއް ދިނުން ރަނގަޅެވެ. ނަމަވެސް ދާދިފަހުން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ބަނޑުގައި ދަރިފުޅު މަރުވެއްޖެނަމަ އަހަރެއްގެ ތެރޭގައި ދެވަނަ ކުއްޖެއް ހޯދުމަކީ ސިއްޙީ ގޮތުން ގެއްލުން ހުރި ކަމެއް ނޫން ކަމަށެވެ.

ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އިން ހަދާފައިވާ މިދިރާސާ ހަދާފައިވަނީ ޖުމްލަ 14 ހާސް މީހުންގެ ޑޭޓާ ބޭނުންކޮށްގެނެވެ. މީގެ މާނައަކީ މިގޮތަށް މީގެ ކުރިން މިސް ކެރޭޖް (ކުއްޖާ ބައިގެން ގޮސްފައިވާ) 14 ހާސް މީހުން މިދިރާސާގައި ބައިވެރިކޮށްފައިވެއެވެ.

މިދިރާސާގައި ބުނެފައިވަނީ ކުއްޖާ ބައިގެން ގޮސްފިނަމަ، ދެވަނަ ކުއްޖެއް އަހަރެއް ދުވަސް މިސްކެރޭޖަށް ވުމުގެ ކުރިން ހޯދި ދާނެ ކަމަށެވެ. އަދި މިއީ ކުއްޖާއަށް ސިއްޙީ މައްސަލަތަކެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަންހެން މީހާގެ ހަށިގަނޑުވެސް އެކަމަށް ތައްޔާރު ވާނެ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.