މިއުޒިކް އަޑު އެހުމަކީ ގިނަ ބަޔަކު ކުރާ ހިތްވާ ކަމެކެވެ. ބައެއް މައްސައްކަތްތަކަކީ މިއުޒިކާ ނުލާ "ވަރަށް ބޯރިންގް" މަސަައްކަތްތަކެކެވ. މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް މިއޮތީ ނުބައި ޚަބަރެކެވެ. މިއުޒިކް އަޑު އެހުމަކީ މީހާގެ އުފެއްދުންތެރިކަން ދަށްވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސްވިޑްންގެ ގާލްވް ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ސެންޓްރަލް ލެންކްޝަޔާ ޔުނިވަސިޓީގެ އިތުރުން ލޭންކެސްޓާ ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާގައި މިއުޒިކް އަކާއެކު މަސައްކަތް ކުރުމަކީ މަސައްކަތުގެ ސްޕީޑް ދަށްވެ، މަސައްކަތަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވާ ކަމަށާއި ގިނަ ބަޔަކަށް މިއުޒިކާއެކު މަސައްކަތް ކުރުމުން އުފެއްދުންތެރިކަން އިތުރުވާ ކަމަށް ޤަބޫލު ކުރެވިފައި އޮންނަ ޤަބޫލު ކުރުމަކީ ކުންހީއެއް ކަމަށެވެ.

މިދިރާސާގައި މިހެން ބުނެފައިވަނީ އާއްމުކޮށް އަޑު އަހާ ލަވަތަކަށް ނިސްބަތް ކޮށެވެ. އާއްމުކޮށް އަޑުނާހާ ލަވަތައް މަސައްކަތުގެ މާޙައުލުގައި ޖެހުމަކީ، މަސައްކަތަށް ބުރުއަރާ ކަމެއް ނޫނެވެ. އަދި ލައިބްރަރީ ފަދަ އަޑުމަޑުތަނެއްގައި އިދެ މަސައްކަތް ކުރުމަކީ އުފެއްދުންތެރިކަން އިތުރުވާކަމެއް ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުލިސްތާން

    ތިޔައީ ވަރަށް ބޮޑު ކުންހިޔެއް. މިޔުޒިކު ޖަހައިގެން ކުރެވޭ މަސައްކަތްތައް މާ ބޮޑައްވެސް އުފެއްދުންތެރި.

    1
    6
    • އިމް

      މިޔުޒިކް ހުއްދަނޫން ކަން އެނގެނީ އަދި ގޯސް ބޭކާރު ބަސްތަކުގެ ލަވަޔާ.. ހިތުގެ އީމާންތެރިކަމަށް އަންނަ ބަދަލުތަކުންވެސް މިކަން ފާހަގަކުރެވޭނެ އިންޝާﷲ