މައްޝޫރު އެމެރިކަން އައިޑަލްގެ ބައިވެރިއެއް ކަމުގައިވާ ބެންޖަމިން ގްލޭޒްއަށް، އެ ޝޯގެ ޖަޖެއްކަމުގައިވާ ކެޓީ ޕެރީ "ކިސް"އެއް ދިނުމުން އޭނާ އެކަމާ ހިތްހަމަ ނުޖެހިއްޖެއެވެ.

އުމުރުން އަދި އެންމެ 19 އަހަރުގެ ބެންޖަމިން ބުނިގޮތުގައި އަދި ދުވަހަކުވެސް އޭނާ އެއްވެސް މީހަކާއި ލޯބީގެ ގޮތުން ގުޅިފައިނުވާއިރު އެފަދަ ގުޅުމެއް ހިންގާފައިވެސް ނުވާކަމަށެވެ. އަދި އޭނާގެ "ފަސްޓް ކިސް" ވާން ބޭނުވީ ވަރަށް ޚާއްސަ އަދި އެންމެ ފުރަތަމަ ލޯބިވެރިޔާއަށް ލިބިދޭ އެއްޗަކަށް ކަމުގައިވީނަމަވެސް، ކެޓީގެ ޢަމަލުތަކުން އެކަން މުޅިން ބަދަލުވެގެން ގޮސްފައިވާކަމަށެވެ.

ކެޓީ ބެންޖަމިން އަށް "ކިސް"އެއް ދީފައިވަނީ، އޭނާގެ ހުށަހެޅުމަކަށްފަހު ޖަޖުންނާއި ސަލާމްކޮށް ބައްދާލަން އުޅުނު ވަގުތުގައެވެ.

"އަހަރެން ލޯބި ނުވާ ކުއްޖަކާ އަހަރެންނަކަށް ކިސްއެއް ނުކުރެވޭނެ" ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބެންޖަމިން ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

"އަހަރެން ޤަބޫލެއް ނުކުރަން އެއީ ސެކްޝުއަލް ހެރޭސްމެންޓެއް ކަމަކަށް. ކެޓީ ޕެރީ އޭނާގެ ޕޭޖްގައި އަހަރެންނަށް ތައުރީފްކޮށްފައިވާތީ އުފާވެސް ކުރަން. އެކަމަކު ފަސްޓް ކިސް އެހެން ކުރެވިގެން ދިޔައީމަ ހިތްހަމަ ނުޖެހުނީ،" ބެންޖަމިން އިތުރަށް ބުނެފައިވެއެވެ.

އުންމީދުވެސް ނުކޮށް ހުއްޓާ ބެންޖަމިން އަށް ލިބިގެންދިޔަ "ސަޕްރައިޒް ކިސް"ގެ ވާހަކަ މުޅި މީޑިއާގައި މިހާރު ދެކެވެމުންދާއިރު، ބެންޖަމިންގެ ފޭނުން ދަނީ މިކަމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް ކެޓީ އާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

މި މައްސަލަ ފެންމަތިވުމަށްފަހު ބޭއްވު އޮޑިޝަންނުން ބެންޖަމިން ވަނީ ޝޯ އާއި އަލްވަދާއުކިޔަންވެސް ޖެހިފައެވެ. ގިނަ ބަޔަކު ބުނާގޮތުގައި އޭނާ ޝޯއިން "ކަޓުވާލީ" އެ މައްސަލައިގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު