ރޭގަނޑުގެ ވަގުތުގައި ފޭސްބުކް މެސެންޖަރއިން މެސެޖް ކުރާ ފަރާތްތަކަށް ދިމާވާ ތަކުލީފެއް އޮވެއެވެ. މެސެންޖަރގެ ޔޫސަރ އިންޓަފޭސް ހުދު ކުލައިގައި ހުރުމުގެ ސަބަބުން ފޯންގެ އަލި ގަދަވެ، ލޮލަށް އުދަގޫވުމެވެ. ނަމަވެސް މިތަކލީފްތައް މިއަދު މިވަނީ ނިމުމެއް އައިސްފައެވެ.

ފޭސްބުކް މެސެންޖަރގެ ބްލެކްވާޝަން، ކަޅުކުލައިގެ މެސެންޖަރ، މިއަދުން ފެށިގެން ބޭނުންކުރެވެއެވެ. އެހެނަސްް އަދި ގިނަ ފަރާތްތަކަށް މެސެންޖާ ކަޅުކޮށްލާނެ ގޮތެއް ނޭނގެއެވެ.

މެސެންޖާ ކަޅުކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ކޮންމެވެސް މީހަކަށް "ހަނދު" އެމޯޖީ ފޮނުވާނީއެވެ. އެއަށްފަހު އެ އެމޯޖީއަށް ފިއްތާލާނީއެވެ. އެއަށްފަހު މެސެންޖާރ އެޕް ނިއްވާލާނީއެވެ. ދެން އަނެއްކާވެސް މެސެންޖާ ހުޅުވުމަށްފަހު ކުރިން ފޮނުވި އެމޯޖީއަށް ފިއްތާނީއެވެ. މިހެން ފިއްތުމުން މެސެންޖާރ ޑާކް ވާޝަން އޮން ކުރަން މައްޗަށް އަރާނެއެވެ. އެތަނުން އޮން ކުރުމުން އެއީ މެސެންޖާ ކަޅުކޮށްލެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ. ޖ. އ

    ކަލޭމެން ކުދިންނަށް އަދި ކިރިޔާ ތި އިނގުނީ.

    3
    5
    • އާން

      އ3ަދި ކިރިޔާ އަހަރެމެންނަ މި އިންގުނީ

      8
      1
  2. ކިމް

    ބައްތި ތުނބަށް ފީތާ ލައްވަން އިނގޭ؟

  3. ހިހި

    ތިހުރިހާކަމެއްނުކުރިޔަސް ސެޓިން އިންވާނެ

  4. އި

    ތޭންކްސް