އެންމެން އެއްވީ ރޯހިތު ގުޕްތާގެ އުފަންދުވަސް ފާހަގަކުރާށެެވެ. ގުޕްތާގެ ރަހުމަތްތެރިން އެއްވެ އޭނާގެ އުފަންދުވަސް ފާހަގަކުރިތާ ވާނީ ގަޑިއެއްހާއިރެވެ. މުުޅި އާއިލާ އާއި ރަހުމަތްތެރިންނަށް ލިބިގެން ދިޔައީ ހިތާމަވެރި ހަބަރެވެ.

އެންމެންނަށް ލިބިގެންދިޔަ ހަބަރަކީ ގުޕްތާގެ ކުއްލި މަރުގެ ވާހަކައެވެ. ގުޕްތާ މަރުވީ ދުއްވަމުން ދިޔަ ބީއެމްޑަބްލިވް ކާރު، ގަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ.

ނޮއިޑާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ގުޕްތާ މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެރޭ އުފަންދުވަސް ފާހަގަކުރުމަށްފަހު ދުއްވަން ދާންވެގެން އޭނާ ގެއިން ނުކުތީ 3:00 އާއި 4:00 އާއި ދޭތެރޭގައެވެ.

ގުޕްތާއަކީ ވިޔަފާރިވެރިއެކެވެ. އޭނާ ގެއިން ނުކުތްއިރު، ހުރީ މަސްތުހާލުގައި ކަމަށް ވެއެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ އޭނާ މާބަރަށް ދުއްުވުމުން ކަމަށް ވެއެވެ.

އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކެ، ފުލުހުން އެ ސަރަހައްދަށް ދިޔައެވެ. އަދި ގުޕްތާ ހޮސްޕިޓަަލަށް ގެންދިޔައިރު، އޭނާއަށް ފަރުވާދިނުމުގެ ކުރިން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާޓު

    އިންޑިޔާގެ މިކަހަލަ ކޮންމެސް މުނޖކޭ ނޫން އެއްޗެއް މިސޮރަށް ލިޔަން ނޭގެނީބާ؟ އަޅެ ބޭކާރު އެއްޗެހި ނުލިޔެ އާރުލާ ކޮންމެސް އެއްޗެއް ލިޔެވޭތޯ ބަލަންވީނުދޯ؟

    22
    3