މިއަހަރުގެ އެންމެ ބޮޑު އެއް ފިލްމު "ފޯޓީ ޕްލަސް" މާދަމާ ރޭ ސިނަމާތަކުގައި އަޅުވަން ތައްޔާރު ވެފައިވާ އިރު، މިފިލްމު ޕްރެމިއާ ކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބަދުލްގައްޔޫމްއެވެ.
ޝައި ޕްރޮޑަކްޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަން އެކުގައި ގުޅިގެން އުފައްދާފައިވާ މި ފިލްމު ޕްރެމިއާ ކޮށްދެއވުމަށާއި މި ހަފްލާ ޝަރަފު ވެރި ކޮށްދެއްވުމަށް "ފޯޓީ ޕްލަސް" ގެ ޓީމުން ދެއްވި ދައުވަތު ވަނީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ފައެވެ.
މި ފިލްމު ޕްރެމިއާކޮށްދެއްވަން ކުރީގެ ރައީސް މައުމޫން ވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްކަމާއި ރައީސް މައުމޫން ދިވެެހި ފިލްމީ ދާއިރާ އަށް އޮތް ލޯތްބާއި ޝައުގުވެރިކަން ފެނިގެންދާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝަފީގް ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވަނީ ތ.ބުރުނީގައެވެ. މި ފިލްމަކީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީއެވެ.
”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
މި ފިލްމުން ފެނިގެންދާނީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.
މި ހަފްލާގައި ކުރީގެ ރައީސް މައުމޫންގެ އިތުރުން މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އެއިޓީ ޕްލަސް އެޅުވީމަ ގެންދަން އެބޭ ބޭންދިނަމަ.
މިއީ ސިނަމާތަކުގައި ފިލްމު އަޅުވަންވީ ވަގުތެއްނޫނެވެ. މުސްލިމުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް ޖެއްސުންކޮށް މަރަމުންދާއިރުވެސް މިޤައުމުގެ އެންމެ ބޮޑެތިމީހުން އުޅެންވީ ފިލްމުތައް ޕްރިމިއާ ކޮށް މަޖާކުރަންހެއްޔެވެ. ބޮޑުން ބިރުވެތި ނުވާނަމަ ދެން ބިރުވެތިވާން ދަންނާނީ ވަކިން ކޮންބައެއްހެއްޔެވެ؟ އެއީ މަގުދައްކައިދޭންތިބި މީހުންނެވެ.