ސްނޯ ތެރޭގައި ތާށިވެ، ގިނަ ވަގުތު އިންނަން ޖެހުމަކީ މަރާ ހަނގުރާމަ ކުރަން ޖެހޭނެ ކަމަކެވެ. ހާއްސަކޮށް ފިނި މޫސުމުގެ ރޭގަނޑުތަކުގައި ސްނޯ ތެރޭގައި ހޭދަކުރަން ޖެހުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެމެރިކާގެ ގަދަ ސްނޯގެ ތެރޭގައި، ފަސް ދުވަސް ވަންދެން ތާށިވި، މީހެއްގެ ވާހަކަ އިންޓަނެޓްގައި ސަމާލުކަން ހޯދައިފިއެވެ.

ޓޮޔޯޓާ ފޯރަނާއެއްގައި އެމެރިކާ ޖަންގަލި ތެރޭގައި ދުއްވި އުމުރުން 36 އަހަރުގެ ޖެރަމީ ޓެއިލާއާއި އޭނާ ގެންގުޅު ކުއްތާ، ސްނޯގެ ސަބަބުން މަގު ބަންދުގެ ވެހިކަލް ތެރޭގައި ތާށިވިއެވެ. ފަސް ދުވަސް ފަހުން އެމީހުން ފެނުނީ އެކަމުގައި ހޯދަމުން ދިޔަ ފުލުސް މީހަކަށެވެ. އޭނާ ބުނެފައިވާ ގޮތުގައި ޓެއިލާ ފެނުނު އިރު، އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ.

ޓެއިލާ ބުނެފައިވާ ގޮތުގައި ވެހިކަލް ތެރެއަށް ހޫނުކޮށްލުމަށް މަދުމަދުން ވެހިކަލް ސްޓާޓް ކުރި އިރު، އޭނާ ދިރިހުރީ ޓާކޯ ސޯސް ކައިގެންނެވެ. މަދު ޓާކޯ ސޯސް ޕެކެޓްތަކުން އޭނާގެ ފުރާނަ ސަލާމަތްވި އިރު، އެކަން އޭނާ ފޭސްބުކްގައިވެސް ފަހުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު