ޗައިނާއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ކަންފަތުން ދިރި އޮތް ކުރަތްޕެއް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން ކުއްޖާގެ ކަންފަތުގައި ރިއްސައިގެން ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ ކަންފަތުން ނަގާފައި ވަނީ ކުޑަކުޑަ ކުރަތްޕެކެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ހެނދުނު އެ ކުއްޖާގެ ކަންފަތުގައި ރިއްސާތީ އުޅުނެވެ. އޭނާ ނިދާ ހޭލިފަހުން އެ ކަންފަތުގައި ރިއްސާތީ ރޮއެވެސް ހެދިއެވެ. އޭނާ ބެލި ޑޮކްޓަރުން ބުނިގޮތުގައި، އޭނާގެ ކަންފަތަށް އެ ކުރަފި ވަދެފައި ވަނީ ނިދާފައި އޮއްވާއެވެ. އާއްމުކޮށް ކުރަފިތައް މީހުންގެ ކަންފަތަށްވެސް ވަދެ އުޅެނީ ކާ އެއްޗެހި ހޯދުމަށެވެ.

އެ ކުއްޖާ ޑޮކްޓަރުންގެ ގާތުގައި ބުނިގޮތުގައި، އެ ކުއްޖާގެ ކަންފަތުގައި އެއްޗެއް ދުވާތީ ފުރަތަމަ އުޅެން ފެށިއެވެ. އޭގެ ސަބަބުން ކަންފަތުގައި ވަރަށް ބޮޑަށް ރިއްސާ ހެދި ކަމަށް އޭނާ ބުންޏެވެ. އޭނާ މިގޮތަށް ބުނުމުން ޑޮކްޓަރުން އޭނާގެ ކަންފަތުގެ އެތެރެ ބެލިއެވެ. ކުޑަކުޑަ މައިކްރޮސްކޯޕެއްގެ އެހީގައެވެ.

މީހުންގެ ކަންފަތުން ކުރަފި ފަދަ އެއްޗެހި ފެނުމަކީ އާއްމު ކަމެކެވެ.