އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ މިޝޭލް ހޯލް އަށް އުމުރުން 50 އަހަރުގައި ދަރިއަކު ލިބުމުން ޑޮކްޓަރުންނަށާއި އާއިލާއަށް ވެސް ހައިރާންކަން ލިބިއްޖެއެވެ.

މިޝޭލް އަށް މަންމަ ކިޔާ ހަތަރު ކުދިންނާއި މާމަ ކިޔާ ދެކުދިން އެބަތިއްބެވެ. މިޝޭލްގެ ފިރިމީހާ ޖެރީގެ އުމުރުން މިހާރު 47 އަހަރެވެ. އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ އުމުރުން 34 އަހަރެވެ. ދެވަނަ އަށް ހުރި އަންހެން ދަރިފުޅުގެ އުމުރުން 28 އަހަރެވެ. ތިން ވަނަ އަށް ހުރި ފިރިހެން ދަރިފުޅުގެ އުމުރުން 24 އަހަރެވެ. އެންމެ ހަގަށް ހުރި އަންހެން ދަރިފުޅުގެ އުމުރުން 14 އަހަރެވެ.

މީގެ ދެތިން އަހަރު ކުރިން މައްސަރު ކަންތައް ދިމާވުން ހުއްޓިފައިވާ މިޝޭލް އަށް ދަރިއަކު ލިބުމުން ޑޮކްޓަރުން ބުނީ އެއީ ތަފާތު ސިއްހީ ހާލަތެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

"އަހަރެން ވެސް އަދި އާއިލާ ވެސް މިތިބީ ވަރަށް ބޮޑު ޝޮކެއްގައި. ނަމަވެސް އެންމެން ވެސް މިތިބީ ވަރަށް އުފަލުން." މިޝޭލް މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ދުވަސް ހަމަކޮށް މިޝޭލް އަށް މިހާރު ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. މިޝޭލް އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިޝޭލްގެ އަންހެން ދަރިއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ގެއަށް އަލަށް އައި މެހެމާނަށް ހުރިހާ މެންބަރުން ވެސް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮބަސް

    ﷲ އިރާދަކުރައްވިފިކަމެއްވާނެސައިންސްވެރިންނާ ޑޮކްޓަރުންނާ އާއިލާއަށް ހައިރާންކަންލިބުނަސް
    އެއުމުރުގައި ދަރިއަކުލިބުމަށްވުރެމާހައިރާންކަންލިބޭ އެހެންކަންތައް ﷲގެ އިރާދަފުޅުންހިގާ ދެރައީ
    ހުރިހާކަމެއްގެވެރިއިލާހު ގަބޫލްނުކޮށް ޝަރީކްކުރާތީ އިބްރާހިމްގެފާނުންގެ އަނބިކަބަލުންނަށް ދަރިއަކު ލިބި ލެއްވީ ދަރިއަކުލިބިލައްވާނެކަމަށް އުއްމީދުކަނޑާލައްވާފައިވަނިކޮށް

    7
    1
  2. ރާއްޖެ

    މި ރާއްޖޭގަ ތި ގޯތަށް ކިތަށް މާމައިން ވިހައިފިބާ؟ ތިއައީ އަޅުގަނޑުމެންނަށް އާ ކަންކަމއެއް ނޫން.

    5
    2
  3. ދުއާ

    ހާދަ ނަސީބު ރަނގަޅޭ. ﷲ ެކި މީހުނަށް ނަސީބު ދެއްވަނީ އެކި ގޮތަށް