ރޭ ޕްރެމިއާ ކުރި ފޯޓީ ޕްލަސް އަށް ގިނަ ބެލުންތެރިންގެ ތަރުހީބު ލިބިފައި ވެއެވެ. މި ފިލްމު ޕްރެމިއާ ކޮށްދީފައިވަނީ ކުރީގެ ރައީސް މައުމޫނެވެ. ފިލްމްގެ ޕްރިމިއާއާއެކު ސަޕޯޓަރުންގެ އެކިއެކި ކޮމެންޓްތައް އަޑު އިވިގެން ދިޔައެވެ. ހާއްސަކޮށް އެންމެ ބާރު އަޑަކަށް އިވުނީ "މިއީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫން،" މި އަށެވެ.

ޝައި ޕްރޮޑަކްޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަން އެކުގައި އުފައްދާފައިވާ ފޯޓީ ޕްލަސް އަކީ ނޯޓީ ފޯޓީ ގެ ސީކުއަލް ފިލްމެކެވެ. ރޭ އޮލިންޕަހުގައި ކުރިއަށް ގެންދިޔަ ފޯޓީ ފްލަސް ކުރުމުގެ ހަފްލާގައިި ވަނީ ގިނަ އަދަދެއްގެ ބެލުންތެރިން ބައިވެރި ވެފައެވެ.

މި ހަފްލާގެ ޝަރަފު ވެރި މެހަމާން ކުރީގެ ރައީސް މައުމޫންގެ ވާހަކަފުޅަށް ފަހު ފިލްމު ވަނީ އަޅުވާފައެވެ. އަދި ފިލްމު އެޅުވުމާއެކު މުޅި ސިނަމާ ވަނީ ހުނުމުގެ އަޑުން ގުގުމާލާފަ އެވެ. ތަފާތު ރަހަތަށް ގެނުވައިދިން ފިލްމް ބަލާ ނިންމާލި އިރު، ނުހޭނެ އެކަކުވެސް ނެތެވެ. ވަރަށްވެސް ފުރިހަމައެވެ. މި ފިލްމު ބަލަންދިޔަ ގިނަ ބެލުންތެރިން ބުނަނީ މި ފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށެވެ. އަދި މި ފަދަ ގިނަ ފިލްމު ތަކެއް ކުރިއަށް އޮތްތާ ގައި ފެނިގެންދާނެ ކަމަށް ވެސް ބެލުންތެރިން ބުނެއެވެ.

މި ފިލްމުގެ ޝޫޓިން ނަގާފައިވަނީ ތ. ބުރުނީގައެވެ. މި ފިލްމުގެ ތަރިން ގެ ގޮތުގައި ފެނިގެން ދިޔައީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމް އެވެ.

މި ހަފްލާގައި ކުރީގެ ރައީސް މައުމޫނާއި އެކު ދަރިކަނބަލުން މިނިސްޓަރ އޮފް އާރޓް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ވަނީ ބަިއވެރިވެ ވަޑައިގެން ނެވިއެވެ.