މީގެ ކުރިން ތަފާތު އެކިއެކި ދިރާސާތައް ދައްކާފައިވާ ގޮތުން، ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ފޮޓޯ އިންސްޓަގްރާމަށް ލުމަކީ އޭގެ ގެއްލުން ބޮޑު ކަމެކެވެ. ހާއްސަކޮށް އެކަމުގައި ބޮޑެތި ދެއްކުންތެރިކަމެއް އެކުލެވޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

ކޮންމެއަކަސް މީގެ ކުރިން ދިރާސާތައް ދޮގުކޮށްލި އާ ދިރާސާއެއް އަނެއްކާވެސް މީހުންގެ ސަމާލުކަން ހޯދައިފިއެވެ. ޔުނިވާސިޓީ އޮފް ކެންސަސްއިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުން ފޭސްބުކް ދޫކޮށްލާ އިންސްޓާގްރާމަށް ފޮޓޯލުމަކީ އެންމެ ރަނގަޅު ގޮތެވެ. އިންސްޓާގްރާމަކީ ފޭސްބުކަށްވުރެ އެކްސްޕޯޝާ ކުޑަ އެއްޗެއް ކަމަށްވާ އިރު، އެކަމުގެ ސަބަބުން ލޯބި އިތުރުވާނެ ކަމަށް ޑރ. ޖުވޯންލީ ބުނެފައިވެއެވެ.

ޖުވޯންލީ ބުނެފައިވާ ގޮތުގައި ޒަމާނަށް އައި ބަދަލާއެކު، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ބޭނުން ތަފާތު ވެއްޖެއެވެ. މި ޒަމާނުގައި ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި އާއިލާތަކަށް ފެނިގެން ދަނީވެސް މީސް މީޑިއާއިން ކަމަށް ޖުވޯލްކީ ބުނެފައިވެއެވެ. އޭގެ އިތުރުން ޖުވޯންލީ ފާހަގަކޮށްފައި ވަނީ އިންސްޓާގްރާމަށް ލާ ފޮޓޯގެ ސަބަބުން އެ ދެމަފިރިންނަށް އާއިލާގެ ލޯބި އިތުރުވެ، ދެ މީހުންގެ ދެމެދުގައި އޮންނަ އިތުބާރު އެކަމުގެ ސަބަބުން ގަދަވާނެ ކަމަށެވެ.