ޗޮކުލެޓަކީ އެއެއްޗަކަށް އެތައް ބަޔަކު ލޯބިކުރާ، އެތައް ބަޔަކު ދެވިހިފާފައިވާ އެއްޗެކެވެ. މާ ބޮޑު ނޫން އަގެއްގައި، ރަހަމީރ ޗޮކުލެޓުތައް ހުންނައިރު، މޮޅެތި ބްރޭންޑުތަކުގެ މޮޅެތި ޗޮކުލެޓުތައްވެސް، ބާޒާރުގައި ހުންނަކަން ހަނދާނެއް ނުނެތެއެވެ.

އެހެންނަމަވެސް، މި ޗޮކުލެޓަކީ ބާޒާރުން އެންމެ ބޮޑު އަގުގައި ލިބެން ހުންނަ އެންމެ ބްރޭންޑެޑް ޗޮކުލެޓުތަކަށްވުރެވެސް ވަރުގަދަ އެއްޗެކެވެ. އަގުގެ ގޮތުންނާއި ރަހައާއި ކޮލެޓީގެ ގޮތުންވެސް ވަރުގަދައެވެ.

9489 އެމެރިކާ ޑޮލަރަށް އަރާ، ދުނިޔޭގެ އެންމެ އަގުބޮޑު ޗޮކުލެޓު، މިދިޔަ ހުކުރު ދުވަހުވަނީ އާއްމުންނަށް ދައްކާލާފައެވެ. ޕޯޗުގަލްގައި މި ޗޮކުލެޓު ދައްކާލަން ބަހައްޓާފައި ހުރިއިރު، އޭގެ ސަލާމަތަށް 24 ގަޑިއިރު، ޔުނީފޯމު އެޅި ދެ ސެކިއުރިޓީ ގާޑުންވެސް ބައިތިއްބާފައި ތިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ޗޮކުލެޓުގައިވަނީ ކެއުމަށް އެކަށޭނެ އެޑިބަލް ރަނެވެ. ހަމައެހެންމެ، ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުހުންނަ ބާވަތެއްގައި ކަމުގައި ބޮންބޮންގެ 1000 އެތިކޮޅާއި ސެފްރޯން ތްރެޑް، ވައިޓް ޓްރަފަލް، މަޑަގަސްކަރައިގެ ވެނީލާ އަދި ގޯލްޑް ފްލޭކްވެސް ހުރެއެވެ.

ޑެނިއަލް ގޮމޭސް ނަމަކަށް ކިޔާ ޕޯޗުގީޒު ރައްޔިތެއް މި ޗޮކުލެޓު އުފައްދާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު ޗޮކުލެޓުކަމަށް ގިނިސް ވޯލްޑް ރިކޯޑްސް އިންވެސް ވަނީ ނިންމާފައެވެ.