އަނބިމީހާ ދައްކާ ވާހަކަ އަޑު ނާހަން ވެެގެން 64 އަހަރު ވަންދެން ބީރު ކަމަށް ހެދިގެން ހުރި މީހަކު ވަރިކުރަން، އަނބިމީހާ ކޯޓްގައި އެދުމުން ވަރިކޮށްދީފިއެވެ.

މިގޮތަށް ވަރިކޮށްދީފައިވަނީ ކައިވެނިކޮށްގެން އުޅޭތާ 64 އަހަރުވެފައިވާ، އެމެރިކާގެ ވޯޓަރބްރީގައި ދިރިއުޅޭ ދެމަފިރިއެކެވެ.

ކޯޓްގައި މައްސަލަ ޖައްސަމުން އުމުރުން 80 އަހަރުގެ ޑްރޯޓީ ބުނެފައިވަނީ އޭނާގެ ފިރިމީހާ އާ އޭނާ ކައިވެނިކޮށްގެންވީ 64 އަހަރު ދުވަހު އޭނާ އާ އަގައިން ބަހެއް ބުނެފައިނުވާ ކަަމަށެވެ. އަދި އޭނާ ކިޔާ އެކައްޗެއްވެސް އެނގޭ ކަމަށް ނުހަދާ ކަމަށެވެ.

"64 އަހަރު ދުވަހު އޭނައާއެކު މިއުޅުނީ. ދުވަހަކުވެސް އަގައިން އެއްޗެއް ނުބުނޭ. އަހަރެންގެ 6 ދަރިން ތިބޭ. 13 މާމަ ދަރިންވެސް. އެކުދިންވެސް ހީކުރަނީ އަހަރެންގެ ފިރިމީހާއަށް އަޑު ނީވޭ ކަމަށް" ކޯޓްގައި ޑްރޯޓީ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އޭނާގެ ފިރިމީހާއާ މުޢާމަލާތް ކުރަން ވެގެން އޭނާ އިޝާރާތުން ވާހަކަދައްކަވެސް ދަސްކުރި ކަމަށެވެ.

"ދެ އަހަރު ދުވަހުން އިޝާރާތުން ވާހަކަ ދައްކަން އަހަރެން ދަސްކުރިން. ދެން އަހަރެންގެ ފިރިމީހާ ބުނީ ލޮލަށް ފެނުން ކޮށިވެއްޖެއޭ." އޭނާ ބުންޏެވެ.

ކޯޓްގައި އަންހެނުން ބުނެފައިވަނީ، ފިރިމީހާއަށް ފެންނަކަން އަދި އަޑު އިވޭކަން އެނގުނީ، ކަރޯކޭއަށް ލަވަކިޔަން އިންދާ ފެނުމުން ކަމަށެވެ.

ދިފާޢުގައި އުމުރުން 84 އަހަރުގެ ބެރީ ބުނެފައިވަނީ މިގޮތަށް ކަންތައް ކުރީ އޭނާގެ ޒަވާޖީ ހަޔާތް ކާމިޔާބު ކުރަން ކަމަށާއި ވާހަކަ ދެއްކުމަކީ އޭނާ އެހާ ކުރާ ހިއްވާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ އަންހެނުންގެ ވާހަކަތައް އަޑު އަހަން ވެއްޖެނަމަ އޭނާ ދުނިޔެއަށް މޮޔަވެދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާބަސް

    ބަހެއްނުބުނެ ހަ ކުދިން ކޮބާމައްސަލަޔަކީ ހަމަ އެއްވެސް އެއްޗެކޭނުބުނޭބާ.....

    22
    2
  2. ބިސްމަދު

    ތިވަރުން މީހަކާ ނުއިންނަމަ ދޯ؟

    30
    3
  3. ދެެެފހފފ

    ޒަވަޖީ ހަޔާތް ބާއްޖަވެރިއެއް ނުވިއެއްނު.. މުސްކުލިވެ އަޅާލަން ބަެނުންވިދުވަހު ވަރިވިއްޔާ ތިވީ...

    15
    1