ކުށްވެރިން ބައެއް ފަހަރު ބުނެއެވެ. ހުރިހާ ހެއްކެތް ނައްތާލެވޭނެ ގޮތައް ވެސް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ޤާނޫނު ތަންފީޒު ކުރާ މީހުން ބުނަނީ އެމީހުންނަށް އަތުނުވާ ގޮތައް ކުށެއް ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެމެރިކާގެ 61 އަހަރުގެ ލިންޑާ ރޮބަޓް އާއި 63 އަހަރުގެ މޭރީ ބާތު އެމީހުންގެ 85 އަހަރުގެ ބައްޕަ މަރާލީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެމައްސަލައިގައި ފުލުހުން އޭރު މޭރީ އާއި ލިންޑާގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރެއެވެ.

ދެމީހުންގެ ބައްޕަ މަރާލި ޖަރީމާ އަކީ "ފާފެކްޓް މާޑާ" އެއް ކަމަށް ދެދަރިން ތިބީ ނިއްމައިގެންގެންނެވެ. އެއީ އެމައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެތް ދޫކޮށްލެވިފައި ނެތް ކަމަށް އެމީހުންނަށް ގަބޫލު ކުރެވިފައި އޮތުމުންނެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ 06 ވަނަ ދުވަހު 911 އަށް ފޯން ކޯލެއް ލިބުނެވެ. އެއީ ދެއަންހެނުންގެ ބައްޕަ އަށް ނޭވާ ނުލެވިގެން އުޅޭ ކަމަށް ބުނެ އެމީހުން ކުރި ފޯން ކޯލެކެވެ. ކުއްލި ހާލަތްތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ދެވުނު އިރު އޭނާ އޮތީ މަރުވެފައެވެ. އޭނާގެ ކުރީގެ ސިއްހީ ހާލަތައް ބެލުމަށް ފަހު ޑޮކްޓަރުން ނިންމީ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ.

މައްސަލަ ފެންމަތިވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެއީ ދެއަންހެނުންނަށް އޭނާގެ ބައްޕަ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެމީހުން ބައެއް މީހުން ކައިރީގައި ވާހަކަ ދައްކަން ފެށީމައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހުން އެހެން އޭންގަލަކުން މައްސަލަ އާއި މެދު ފިކުރު ހިންގާ ދެއަންހެނުންނާއި ސުވާލުތައް ކުރިއެވެ.

އެހާ ހިސާބުން ދެއަންހެނުން ވަނީ އެމީހުންގެ ބައްޕަ މަރާލި ކަމަށް އެއްބަސްވެފައެވެ. ބައްޕަ މަރާލީ ދެމީހުންނަށް ޖިންސީ ގޯނާ ކުރުމުން ކަމަށް އެމީހުން ބުނެއެވެ.

ދެމީހުން ބުނީ ފުރަތަމަ މަސައްކަތް ކުރީ ބައްޕަގެ ބަނގުރާ ފުޅީގެ ތެރެއަށް ވިހައެއް ލައިގެން ބައްޕަ މަރާލަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ބައްޕަ މަރާލީ ނޭފަތާއި އަނގައިގައި ހިފަހައްޓާ ނޭވާ ބަންދު ކޮށްލައިގެން ކަމަށް އެމީހުން ބުނެއެވެ.

މިހާރު ދެއަންހެނުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ދެމީހުންގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެހެންވެ ބުނަނީ ބަދަލު ނުހިފާށޭ. މިކާފަރުން އުޅޭފާޑަށް ދެބް ދިވެހީން އުޅޭންފައްޓާފާނެ އަނެއްކާ.. މުސްލިމަކު އޭނާގެ ދަރީންނަށް ޖިންސީ ގޯނާއެއް ނުކުރާނެ... މުސްލިމަކު އޭނާގެ ބައްޕަ ނުމަރާނެ އަދިބއެއްވެސް މީހެއްގެ ކިބައިން ބަދަލެއް ނުހިފާނެ. ﷲ ބަދަލު ދެއްވަވާނެ