ނިމިދިޔަ އަހަރު އޮކްޓޯބަރު މަހު އައިސް ޓީވީން ގެނެސްދޭން ފެށި އަޒޯނާ ޓޯކް ޝޯވގެ ދެ ވަނަ ސީޒަންގެ ފަހު އެޕިސޯޑް މިރޭ އައިސް ޓީވީން ދައްކާނެއެވެ.

މި އެޕިސޯޑްއިން ފެނިގެން ދަނީ މިހާރު ދިވެހި ފިލްމް ދާއިރާގައި އެންމެ ލޯބި ކަމަށް ބުނާ ޖޯޑު ރިޝްމީ ރަމީޒް އާއި ރަވީ ފާރޫގްއެވެ.

އާއްމުކޮށްވެސް އަޒޯނާގެ ޝޯވ ކުރިއަށްގެންދަނީ ތަފާތު ގޭމްތަކާއެކު ކަމުން، މި އެޕިސޯޑްގައިވެސް ތަފާތު ފޯރިގަދަ ގޭމްތައް ކުރިއަށްދާނެއެވެ.

މި އެޕިސޯޑް އައިސް ޓީވީން ދައްކާނީ މިރޭ 23:00 ގައެެވެ.

އަޒޯނާގެ ސީޒަން 1ގައި 17 ތަރިން ވަނީ ގެނެސްދީފައެވެ. އަދި ސީޒަން2 ގައި ގެނެސްދީފައި ވަނީ 24 ތަރިންނެވެ. އަޒޯނާގެ ފުރަތަމަ ސީޒަނަށްވުރެ ދެވަނަ ސީޒަން ކުރިއަށްގެންގޮސްފައި ވަނީ ތަފާތު ގޮތަކަށްކަން ފާހަގަކޮށްލަން ޖެހެއެވެ.