މަޝްހޫރު ޕޮޕް ސްޓާ މައިކަލް ޖެކްޝަންއަކީ ކުދިންނަށް ޖިންސީ ގޯނާ ކުރި މީހެއް ކަމަށް މީގެކުރިން އޭނާގެ މައްޗަށް ދައުވާތައްވެސް އުފުލާފައިވީ ނަމަވެސް، އެކަން އެގޮތަށް ގަބޫލު ނުކުރާނެ ކަމަށް އޭނާގެ ދަރިފުޅު ޕެރިސް ޖެކްޝަން ބުނެފިއެވެ.

ސްޓްރޯކެއް ޖެހިގެން 2009 ވަނަ އަހަރު މައިކަލް ޖެކްޝަން މަރުވިކަން އިއުލާން ކުރި ނަަމަވެސް، އޭނާ މަރާލީ ކަމަށްވެސް ވާހަކަތައް ދެކެވުނެވެ. މައިކަލް ޖެކްޝަން އަމިއްލަ ދަރިންނަށްވެސް ޖިންސީ ގޯނާ ކުރި ކަމަށް ކުރިން ވާހަކަތައް ދެކެވިފައި އޮތް އިރު، ދާދިފަހުން ވަނީ މައިކަލް ޖެކްޝަން ކުދިންނަށް ކުރި ޖިންސީ ފުރައްސާރައިގެ ތަފްސީލުތައް ދައްކުވައިދޭ "ނެވަލޭންޑް" ޑޮކިއުމަންޓްރީއެއް ނެރެފައެވެ.

މައިކަލް ޖެކްޝަންގެ ދަރިފުޅު ޕެރިސް ބުނެފައި ވަނީ "ނެވަލޭންޑް" ޑޮކިއުމަންޓްރީ އޭނާ ބަލަން ބޭނުން ނުވާ ކަމަށާއި، ބައްޕައަކީ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރި މީހެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އުމުރުން 20 އަހަރުގެ އެކްޓާ ޕެރިސް، އިތުރަށް ބުނެފައި ވަނީ ސަންޑާންސްގައި "ނެވަލޭންޑް" ދައްކާފައި ވަނީ މާކެޓިން ސްޓަންޓެއް ގޮތުން ކަމަށާއި، މައިކަލް ޖެކްޝަންގެ ހަޔާތުގެ އަނދިރި ފަޅިއަށް ފިލްމް ހަދައިގެން މަސައްކަތް ކުރަނީ ފައިސާ ހޯދުމަށް ކަމަށެވެ.

ޕެރިސް ބުނެފައި ވަނީ އޭނާގެ ބައްޕަ އަބަދުވެސް ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި، "ނެވަލޭންޑް" ޑޮކިއުމަންޓްރީގެ ސަބަބުން ވަރަށް ބޮޑަށް ދެރަވެ ހިތްދަތިވި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖީން

    ބައްޕަޔޯ..؟! ލޮލް. ޑީ.އެން.އޭ ޓެސްޓް ހަދަން ފެނޭ..!

    10
    23
    • އަލިބެއްޔާ

      ހަރާމެ ކުއްދެކެ ދާ؟

      6
      17
  2. ސީނު

    ބަޔަލޮޖިކަލް ބައްޕަ ހޯދަން ބޭނުންނުވަނީ މަޝްހޫރުމީހަކަށް ނިސްބަތް ވާތީދޯ....4 ކަށިމަތި ދޮންކުއްޖަކު ކަޅުނނަސްލަށް ނިސްބަތްވާނީކިހިނެތް

    8
    1
    • ޙުހީ

      މުޅިން ގޯސް
      ކަޅު މީހަކަށް ދޮން ދަރިއެއް ލިބިދާނެ! އެކަމަކު މިބުނީ މީ ޖެކްޝަން ދަރިއެކޭ ނޫން. ޢެހެންވެދާނެ

      13