ގިނަ މަންމަ އިންނަކީ އެމީހުންގެ ދަރިންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ބައެކެވެ. ދަރިންނާއި މައިންގެ ގުޅުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ގިނަ ފަހަރު ކުރިމައްޗެއް ނުކުރެވެއެވެ. ނަމަވެސް ރަޝިއާގެ މިއަންހެން މީހާ ތަފާތެވެ.

އުމުރުން 23 އަހަރުގެ މަންމަ ވަނީ އޭނާގެ ދަރިފުޅު ވިއްކާލުމަށް ފަހު ފައިސާ އާއި ވެސް ހަވާލުވެފައެވެ. އުމުރުން ހަފްތާއެއްހާ ދުވަސްވީ ދަރިފުޅު ވިއްކާލަން ރަސުލްޒަން ނަމަކަށް ކިޔާ މަންމަ މަސައްކަތް ކުރީ މަންމަގެ ލޯބިވެރިޔާ އާއި ބައްދަލު ކުރަން ހުރަސް އެޅޭތީއެވެ.

ދަރިފުޅު ބަލަން ގޭގައި އިންނަން ޖެހުމުން ލޯބިވެރިޔާ އާއި ބައްދަލު ނުކުރެވޭތީ އެންމެ ރަނގަޅު ގޮތެއް ކަމަށް ރަސުލްޒަން އަށް ވިސްނުނީ ތުއްތު ދަރިފުޅު ވިއްކާލުމެވެ. އެހެންކަމުން އޭނާ ވަނީ ދަރިފުޅު ގަންނާނެ މީހަކު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ރަސުލްޒަން އޭނާގެ ދަރިފުޅު ވިއްކާލީ އެއްމިލިއަން ރުބެލް (ދިވެހި ރުފިޔާ އިން ބަލާނަމަ 230000 ރުފިޔާ) އަށެވެ. ރަސުލްޒަން އޭނާގެ ދަރިފުޅު ވިއްކާލަން ވާހަކަދައްކާ، ދަރިފުޅު ގަންނަން ބޭނުންވި މީހާ އާއި ބައްދަލުކޮށް ދަރިފުޅު އޭނާ އާއި ހަވާލުކޮށް ފައިސާ އާއި ވެސް ހަވާލުވިއެވެ.

ނަމަވެސް ފައިސާ އާއި ހަވާލުވިތަނުން ފުލުހުން އައިސް ވަނީ ރަސުލްޒަން ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ރަސުލްޒަން ދަރިފުޅު ވިއްކާލަން ވާހަކަދެއްކީ އިންޓެލިންސް ފުލުހަކާއި ކަމަށައި އެހާ ހިސާބުން ފުލުހުން އޭނާ އަށް ފާރަލަމުން ގެންދިޔަ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ. ރަސުލްޒަންގެ ދަރިފުޅު މިހާރުވީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    ހަމަ ހެޔޮކޮށް އެވީ،.. އޭނާ ދޫނުކޮށްލާތި،..

    10
  2. މުސްލިމް

    ދެން އޮންނާނެ ރަނގަޅަށް ލޯބިވެރިޔާއާ ބައްދަލު ކުރެވިފަ. މިވެސް މުސްލިމް ނަމެއްކިޔާމީހަކު ކުރިކަމެއްނަމަ ނަންވާނީ ދީން.