"ވަޓްސް އެޕް" މެދުވެރިކޮށް މަކަރާއި ހީލަތުން އެތައް ބައެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދާ އެމައުލޫމާތު ބޭނުން ކޮށްގެން އެއްލައްކަ ޕައުންޑް (ދެމިލިއަން ރުފިޔާ) ހޯދި މީހަކު އަތުލައިގެންފިއެވެ.

މިވައްކަން ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ އަގީލް ހާން އެވެ. އޭނާ އާއި އެކު އިތުރު ބަޔަކު ވެސް މިވައްކަމުގައި ބައިވެރިވެފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހާން ވަނީ އަގުބޮޑެތި ކާރާއި، ސައިކަލާއި، ތަފާތު ވައްތަރުގެ ގަހަނާ ވެސް ވަަގަށް ހޯދި ފައިސާ އިން ގަނެފައެވެ. އަދި އޭނާ ވަނީ މިފައިސާ އިން އަގުބޮޑު ދަތްޕިލައެއް ވެސް ގަނެފައެވެ. ހާން އާއި އޭނާގެ ގްރޫޕް އަތުލައިގަނެ މިހާރު ވަނީ ކޯޓަށް މައްސަލަ ވެސް ފޮނުވާފައެވެ.

މިގްރޫޕުން މީހުންގެ ކްރެޑިޓް ކާޑުތަކުގެ މައުލޫމާތު ހޯދާފައި ވަނީ ވަޓްސްއެޕްގެ ތަފާތު ގްރޫޕްތައް މެދުވެރިކޮށް އެކި ޕްރޮމޯޝަންތައް ހިންގާ ކަމަށް ބުނެ ގިނަ ބަޔަކަށް މެސެޖް ފޮނުވައިގެން ކަމަށް ވެއެވެ. އެމީހުންގެ މަޅީގައި އިނގިރޭސިވިލާތުގެ ރައްޔިތުންގެ އިތުރުން ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުން ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރާއްޖެއިންވެސް އަތުލާގަނެވޭނެ މާބައިވަރުމީހުން