ކުޅަނދުރުގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރި އަލިފާނުގެ ސަބަބުން އަމިއްލަ މީހާގެ ގައިގާ ރޯވެ އަނދައިފިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 62 އަހަރުގެ އިންޑިއާ މީހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތުގައި މި ހާދިސާ ހިނގިއިރު، އޭނާގެ ހަށިގަނޑުގައި އަލިފާން ރޯވެ އޭނާ ވެއްޓުނީ ޕްލާސްޓިކް ކުނި އަޅާފައި ހުރި ހިސާބަކަށެވެ. އަދި އޭގައިވެސް އަލިފާން ރޯވިއެވެ. އެއީ އޭނާ މަރުވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބުކަމަށް ވެއެވެ.

ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އޭނާ މަރުވީ ހަށިގަނޑުގައި އަލިފާން ރޯވެ ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ފަރުވާދެމުން ދަނިކޮށެވެ. މިކަން ހިނގާދިޔަ ގޮތް ވަރަށް ގާތުން ފުލުހުން ދަނީ ބަލަމުންނެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މީހާ އުޅުނީ ގޭގެ ބޭރު ފާރުގައި ހުރި ކުޅަދުރު ހަތަޔަކާއި ހުރެ އުނދަގޫތަކެއް ވެގެން އެގެން ސަލާމަތްވުމަށެވެ. އޭނާ އެކަމަށް ބޭނުންކޮށްފައި ވަނީ ދަނޑިއެކެވެ. އެ ދަނޑީގެ ކޮޅުގައި އޭނާގެ އަލިފާން ރޯކޮށްގެން އޭނާ އެ މަސައްކަތް ކުރީކަމަށް ވެއެވެ. އަދި އޭނާ އެކަން ކުރުމަށް ހަރުގަނޑަކަށްވެސް އެރިކަމަށާއި، ނާގެ ގައިގާ އަލިފާން ރޯވީ ހަރުގަނޑުން ވެއްޓުމުގެ ސަބަބުން ކަމަށްވެސް މަންޒަރު ދުށް މީހުން މައުލޫމާތުދީފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު