ނިއުޔޯކްގެ ފުލުހުންގެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން އައި އެންމެ ހަގު ފުލުސް އޮފިސަރު އުމުރުން 10 އަހަރުގައި މަރުވެއްޖެއެވެ.

އިތަކާ ޕޮލިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން އައި ކޮލިން ހޭވާޑް ޓޮލެންޑް ނަމަކަށް ކިޔަ އެ ކުއްޖާ މަރުވެފައި ވަނީ އެސްޓީ ޖޫޑް ޗިލްޑްރެންސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.

ކޮލިންއަކީ ކެންސަރާއި ހަނގުރާމަ ކުރަމުންދިޔަ ކުއްޖެކެވެ. އޭނާގެ އާއިލާއިން ފޭސްބުކްގައި ލިޔުނު ގޮތުގައި އޭނާ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކޮލިންއަކީ ފުލުހުގެ ވަޒީފާ އަދާ ކުރަން ވަރަށް ބޭނުންވެފައި ހުރި ކުއްޖެކެވެ. އޭނާގެ ބަލި ހާލަތު ހުރިގޮތުން އިތަކާ ޕޮލިސް ޑިޕާޓްމެންޓުން އެ ކުއްޖާ ވޯކް ފޯސްއަށް ނެރުނެވެ. އެއަށްފަހު އޭނާ ބައެއް ފުލުހުންގެ ޓްރެއިނިންގތަކުގައި ވެސް ބައިވެރިވާކަމަށް ވެއެވެ.

ކޮލިން އެތަނުގައި މަސައްކަތް ކުރިއިރު، އޭނާގެ ފަރާތުން ފެނުނު ހިތްވަރުން އޮފިސަރުން ވަނީ އައްސަރިބަހާއި ސާބަސްވެސް ދީފައެވެ.

ކޮލިންއަކީ އުމުރުން ދެ އަހަރުން ފެށިގެން ކެންސަރާއި ހަނގުރާ ކުރަމުން އައި ކުއްޖެކެވެ.

 

ކިޔުންތެރިންގެ ހިޔާލު