އެތައް ބައެއްގެ ހިތްތައް ކަތިލުމުގެ ބާރު ލިބިފައިވާ ޕްރިޔާ ވާރިއާއަކީ މިހާރު މުޅި ދުނިޔޭގައިވެސް މަޝްހޫރު މީހެކެވެ.

މަލިޔާލަމް ލަވައެއްގެ ކުޑަ ތަންކޮޅަކުން ލޯ މަރައިލާ އެތައް ބައެއްގެ ޖާދޫގައި ޖެހުނުއިރު، އޭނާ އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ މަލިޔާލަމް ފިލްމުގައެވެ. އޭނާގެ ލޮލުގެ އިޝާރާތުގެ ވިޑީޔޯގެ ސަބަބުން ބައެއް ފަރާތްތަކަށް ގެއްލުންވެސް ލިބޭކަމަށް ވެއެވެ.

އެގޮތުން ކޮއިމްބަޓޯރގެ ވީއެލްބީ ޖަނަކިއައްމަލް ކޮލެޖް އޮފް އާޓްސް އެންޑް ސައިންސްގައި ކިޔަވަމުން އައި ކުއްޖަކު އެ ވީޑިޔޯ ލަވާގައި ޕްރިޔާ ދެއްކި ލޮލުގެ އިޝާރާތް ސްކޫލް ތެރޭގައި ޖެއްސުމުން މައްސަލަ ޖެހިފައެވެ.

އެ ކޮލެޖްގެ އަންހެން ކުއްޖަކު ފުރަތަމަ އެގޮތަށް ލޮލުގެ އިޝާރާތް ޖެއްސުމާއެކު ޓީޗަރުންނަށް އެކަން ކަމުނުދިޔައެވެ. ނަމަވެސް އެކަން ނުހުއްޓުވުނެވެ. ދުވަހެއް ދުވަަހަކަށް ޕްރިޔާގެ އެ ލޯ މަރައިލާ ވީޑިއޯއިން ފެންނަ އިޝާރާތްތައް ދައްކާ ކުދިން ގިނަވެ އެންމެ ފަހުން އެކަމަށް ފިޔަވަޅުތަކެއް އަޅަން ނިންމީއެވެ.

އެ ކޮލެޖް ކުދިން އެގޮތަށް ހަދާތޯ ބެލުމަށް ކްލާސް ރޫމްތަކުގައި ސީސީޓީވީ ކެމެރާވެސް ހަރުކޮށްފައިވާކަމަށް ވެއެވެ. އަދި އެފަދަ ކަމެއްކޮށްފިކަން ޕްރިންސިޕަލްއާ ހަމައަށް އަތުވެއްޖެ ނަމަ އަދަބު ދޭނެކަމަށް ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއިޒް

    މީވެސް ހަބަރެއް... ރާއްޖޭގެ ކޮލެޖް އަދި ސުކޫލްކުދިންނަށް ގޯސް މެސެޖެއް މިއިން ލިބިދޭނެ

  2. ނުރަބޯ

    ހަހަހަ....!!! ލޯމަރާލުމުގެ މިނިވަންކަންވެސް އިންސާނުން ނަކަށްނެތް އެކަމަކު ގެރިއަށް ހުރިހާ މިނިވަންކަމެއް އޮވޭ.

  3. އަސްޅުވެސް

    ވަރަށް ސަޅި ޕްރިޔާގެ ޅޮޅުގެ އިޝާރަތް

  4. މަރެ

    ލޯމަރާލިއޭ ކިޔާފަ އަދި ޖެހޭތަ ސީސީކެމެރާ ހަރުކުރަން..ވިޔާނުދާ އެކަމް..!!!!